
White Alert
މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެސަރަހައްދަށް މިއަދު ހެނދުނު 10:00 އިން ފެށިގެން 16:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ށ. ކޮމަންޑޫއަށެވެ. އެރަށަށް 90.3 މިލިލީޓަރުގެ ވާރޭވެހުނުކަމަށް ރިކޯޑް ކޮށްފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހުނު ރ. އަލިފުއްޓަށް ވެހިފައިވަނީ 71.2 މިލިލީޓަރުގެ ވާރޭއެވެ.