logoEN
cocacola
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭ ގޮތުގެ ތަފްސީލު އާންމުކޮށްފި

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭ ގޮތުގެ ތަފްސީލު އާންމުކޮށްފި

އައިޝަތު އިފާޝާ

logo

9/23/2023, 2:10:55 PM

270878_3_e39ffd14b5a02068bf02985a93961e694a1e3fea

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުން، (ސްޓެޕް އެލަވަންސް) ދޭ ގޮތުގެ ތަފްސީލުކޮށް އާންމުކޮށްފިއެވެ.

ގޮސިޔާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި މުވައްޒަފުންނަށް މި އެލަވަންސް ދިނުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކަށް މައުލޫމާތު ހިއްސާކޮށްފައި ވާކަމަށެވެ.

އެގޮތުން ޕަރފޯމަންސް އެޕްރެއިޒަލް ފޯމު ފުރިހަމަކުރުމަށްފަހު 05 އޮކްޓޫބަރު 2023ގެ ނިޔަލަށް ފޮނުވޭ ފޯމުތަކަށް އެލަވަންސް ދެވިގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ. ޑީޖޭއޭއިން ބުނީ މިހާތަނަށް ނުދެވި ހުރި، މަސައްކަތުގެ ފެންވަރު ބެލުމުގެ މުއްދަތު ކަމުގައިވާ 2019، 2020، 2021، އަދި 2022ގެ އެލަވަންސް މިއާއެކު ދެވިގެންދާނެ ކަމަށެވެ.

އަދި މިހިނގާ 2023 ވަނަ އަހަރު ވާނީ 2017، 2018ގެ ސްޓެޕް އެލަވަންސް ފައިސާ މުވައްޒަފުންނަށް ދީފައިކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.

ޑީޖޭއޭއިން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކުރިއެރުން، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސުން ދީފައިވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވިފައި ވާކަމަށެވެ. އެކަމަށްޓަކައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 41 ވަނަ މާއްދާއަށް ވަނީ އިޞްލާޙް ގެނެސްފައެވެ.

އެގޮތުން ބަލާއިރު، މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން މުސާރައިގެ ކުރިއެރުން ދެވެނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރުއެވެ. އެގޮތަށް ކުރިއެރުން ދެވެނީ ޖެހި ޖެހިގެން ދެ އަހަރުގެ އެވްރެޖު މާކްސް 70 އިންސައްތައަށްވުރެ މަތިން ލިބުމުންނެވެ.

މި ޤަވާއިދުގެ ދަށުން މުސާރައިގެ ކުރިއެރުމުގެ ކޮންމެ ސްޓެޕަކަށް މުސާރައަށް އިތުރު ކުރެވޭނީ 200 ރުފިޔާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ