logoEN
ޕީއެންސީ 2
ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

އަހުމަދު ޝުރާއު

logo

9/21/2023, 11:39:46 PM

IMG_1109

ކަރަންޓުގެ އަގު ފްލެޓް ރޭޓަކަށް ބަދަލުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމައިފިއެވެ.

ޝަރީ 2024

ރައީސް މިކަން އިއުލާނުކުރެއްވީ މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ. އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް ހޯދައި ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނު އަރިހު އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދައްދިނުމަށް މީހުން ދިރިއުޅޭ ގޭގެއިން ކިތަންމެ ގިނައިން ބޭނުން ކުރި ނަމަވެސް ކަރަންޓު ބިލު ވަކި ވަރަކަށްވުރެ ބޮޑު ނުވާ ގޮތަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއަދު މިނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ވެސް ކަރަންޓު ރޭޓު ފްލެޓު ރޭޓަކުން ނަގާ ގޮތަށް،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއަދު ގެންނެވި އެ ބަދަލާއެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރި ނަމަވެސް އަގު ބޮޑު ނުވާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ