logoEN
WAMCO TOP 1
ސަފާރީތަކަށް ހާއްސަ ބަނދަރު "ދިޔަނެރު" ފަޅު ހިއްކަން ފަށައިފި

ސަފާރީތަކަށް ހާއްސަ ބަނދަރު "ދިޔަނެރު" ފަޅު ހިއްކަން ފަށައިފި

އައިޝަތު އިފާޝާ

logo

9/19/2023, 10:41:24 PM

New Project (97)

ސަފާރީ ބޯޓުތަކަށް ޚާއްސަ ބަނދަރު "ދިޔަނެރު" ފަޅު ހިއްކަން ފަށައިފިއެވެ.

THE TRAVELLER AD

ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ ސަފާރީތަކަކީވެސް މިހާރު މި ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދުތަކެކެވެ. ސަފާރީތަކާ ޔޮޓްތައް އިތުރުވެ، މި ވިޔަފާރިން އާމްދަނީ ހޯދާ މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑަށްވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް މި ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އަބަދުވެސް އޮތީ، އެ އުޅަނދުތަކަށް ބޭނުންވާ އެކަށީގެންވާ ޚިދުމަތް ނުލިބުމެވެ.

މި ޝަކުވާތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ، ބޯޓުފަހަރު އެޅުމަށް ދިޔަނެރު ފަޅު ކައިރިން ތަނެއް ތަރައްޤީކުރައްވާނެކަން އިޢުލާންކުރައްވާފައެވެ.

ދިޔަނެރު ފަޅު ހިއްކަން ފެށުމުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މިހާރު މި ފެށުނީ ސަފާރީތަކަށް ބަނދަރެއް ލިބުމުގެ މަސައްކަތްކަމަށެވެ. މި ބަނދަރު ނިމިގެން އައުމުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިއީ ވަރަށް ގިނަ ދުވަސްވީ އުންމީދެއްގެ ފެށުންކަމަށާއި، މިކަަން ނިމުމުން އިންޑަސްޓްރީއަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ފާހަގަކުރެއެވެ. ސަފާރިތަކަށް ޚާއްސަ ބަނދަރެއް މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރެވިފައެއްނުވެއެވެ. މި ސިނާއަތަށް 50 އަހަރު ވެގެންދިޔައިރު އެކި ސަރުކާރުތަކަށް މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިޔަކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި ފަޅު ތަރައްޤީ ކުރާނީ، މިފަދަ ތަނަކުން ލިބޭނެ ފުރިހަމަ ޚިދުމަތާއެކުކަމަށެވެ. އެގޮތުން އުޅަނދު އަޅާފައި ބޭއްވުމާއި، ތެޔޮ އެޅުމާއި، އުޅަނދު އަޅާފައި އޮންނައިރު ކަރަންޓުގެ ޚިދުމަތާއި، ފެން ލިބޭނެ އިންތިޒާމާއި، ނަރުދަމާއާއި ގުޅުންހުރި ޚިދުމަތް އަދި އުޅަނދުފަހަރުން ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC