logoEN
Sto top
ފާރިސް މައުމޫން މިރޭ ތިނަދޫ ސިޓީއަށް!

ފާރިސް މައުމޫން މިރޭ ތިނަދޫ ސިޓީއަށް!

އަހުމަދު ޝުރާއު

logo

9/7/2023, 6:38:05 PM

Screenshot 2023-09-07 at 18.37.37

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން މިރޭ ތިނަދޫ ސިޓީއަށް ވަޑައިގެންފި އެވެ.

Wamco

ފާރިސް މައުމޫން ތިނަދޫ ސިޓީއަށް ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށެވެ.

ފާރިސް ތިނަދޫއަށް ވަޑައިގަތީ ކެމްޕެއިނަށް މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އައްޑޫއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި ކަނޑު މަގުންނެވެ.

ތިނަދޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފާރިސް ތިނަދޫގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން ވަކި ޚާއްސަ ޖަލްސާއެއް ބޭއްވުމުގެ ބަދަލުގައި ތިނަދޫގައި ޑޯޓުޑޯ ހަރަކާތެއް މިރެއާއި މާދަމާ ހެނދުނު ފާރިސް ކުރިޔަށް ގެންދަވާނެ އެވެ.

މައުލޫމާތު ލިބޭގޮތުގައި މިއީ ރިޔާސީ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގަންނަވާނެ އެންމެ ފަހު ބޭފުޅާއެވެ. މީގެ ކުރިން ރައީސް ސޯލިހްއާއި ޑރ މުއިއްޒު އާއި ގާސިމް އިބްރާހިމް ވަނީ ތިނަދޫ ސިޓީއަށް ކެމްޕެއިނަށް ވަޑައިގެންފައެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ސުންގަޑިއަކީ މާދަމާގެ އިރުއޮއްސި 06:00 އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside