logoEN
Sto top
ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން - ގާސިމް

ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން - ގާސިމް

އައިޝަތު އިފާޝާ

logo

9/2/2023, 11:10:31 PM

Qasim

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު ދައްކަން ޖެހޭ 1 ބިލިއަން ޑޮލަރު އަނބުރާ ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ނޫނީ ހިލޭ އެހީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Wamco

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން، މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަނބުރާ ދައްކަން ގެންގުޅުއްވާ ވިސްނުމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން، ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމާއި، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ އިތުރުން އިސްރާފުތައް ކުޑަކުރަން ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ.

އެގޮތުން، ދައުލަތުން މިހާތަނަށް ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމަށް އޭގެ ބޮޑު ބައެއް ގްރާންޓްގެ ގޮތުގައި ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

އަދި އެޕާޓީގެ ވެރިކަމެއްގައި އިތުރު ޓެކްސެއް ތައާރަފް ކުރާނަންތޯ އެހުމުން، ގާސިމް ވިދާޅުވީ އިތުރު ޓެކްސެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދި މިހާރު ނަގާ ޓެކްސްތައް ހާމަނައިޒް ކޮށްގެން ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ނިޒާމު ވެސް ހާމަނައިޒްކޮށް، މިހާރު ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ވަރަށް ބޮޑަށް މަދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside