logoEN
Sto top
ކައިވެންޏަށް 14 މަސް ފަހުން ބްރިޓްނީ އާއި ފިރިމީހާ ވަކިވެއްޖެ

ކައިވެންޏަށް 14 މަސް ފަހުން ބްރިޓްނީ އާއި ފިރިމީހާ ވަކިވެއްޖެ

އައިޝަތު އިފާޝާ

logo

8/17/2023, 12:45:06 PM

Britney-Spears-boyfriend copy

ކައިވެންޏަށް 14 މަސް ފަހުން ބްރިޓްނީ ސްޕިއާސް އާއި ފިރިމީހާ ސޭމް އަސްގަރީ ވަކިވެއްޖެ އެވެ.

Wamco

މިކަމާ ގުޅޭ ގޮތުން އެދެމީހުންގެ ފަރާތުން މިހާތަނަށް އެެއްވެސް އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެދެމީހުން މިހާރު ވަނީ ވަކިވެފައިކަން ވަނީ ކަށަވަރުވެފައެވެ.

އުމުރުން 41 އަހަރުގެ ލަވަކިޔުންތެރިޔާ އާއި 29 އަހަރުގެ އެކްޓަރު ކައިވެނި ކުރީ ފަސް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ޖޫން 9، 2022 ގަ އެވެ. މިއީ ސްޕިއާސްގެ ތިން ވަނަ ކައިވެނި ނަމަވެސް އަސްގަރީގެ ފުރަތަމަ ކައިވެންޏެވެ.

މި ދެތަރިން އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސްޕީއާސްގެ "ސްލަމްބާ ޕާޓީ" މިއުޒިކް ވީޑިއޯގެ ސެޓުންނެވެ. އެ ދެ މީހުންގެ ގުޅުން އާންމުކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside