
މެމްބަރު ޔާސިރުއާއި މޭޔަރު އާތިފް ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް!
F3lmSPsagAAxEeZ (1)
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ދި ޑޮމޮކްރެޓްސް ދޫކޮށް އެމްޑީޕީއާއި އަލުން ގުޅިއްޖެ އެވެ.

ރައީސް ނަޝީދުއާއި ވަރަށް އަރިސްކޮށް އުޅުއްވި ޔާސިރު އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ. އެގޮތުން މެމްބަރު ޔާސިރުގެ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެން މެމްބަރޝިޕް ފޯމު މިއަދު ވަނީ ރައީސް ސޯލިހާއި ހަވާލުކުރައްވާފައެވެ.
ޔާސިރު އާއި އެކު މީގެ ކުރިން ރައީސް ނަޝީދުގެ ޑިމޮކްރެޓްސްގައި އުޅުއްވި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ވެސް ވަނީ އަލުން މިއަދު އެމްޑީޕީއާއި ގުޅިވަޑައިގެންފައި އެވެ. މޭޔަރުގެ އިތުރުން ކުޅުދުއްްފުށީ ސިޓީ ކައުންސިލުގެ ބައެއް މެމްބަރުންވެސް ވަނީ އެމްޑީޕީއާއި މިއަދު ގުޅިފައެވެ.
ރައީސް ސޯލިހާއިއެކު މެމްބަރު ޔާސިރު އާއި މޭޔަރު އާތިފް ވަނީ މިރޭ ޚާއްސަ ބައްދަލުކުރެއްވުމެއްވެސް ބާއްވާފައި އެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގެ ފޮޓޯތަށް މިހާރު އަންނަނީ މީސްމީޑިއާގައި ދަައުރުވަމުންނެވެ.