![ތިނަދޫ ޕީޕީއެމް ކައުންސިލް މެމްބަރު ޒަލީފް އެމްޑީޕީއަށް ސޮއިކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F08%2FIMG_4768.jpeg&w=3840&q=75)
IMG_4768
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރު އަހުމަދު ޒަލީފް އަބްދުﷲ މިއަދު އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ޒަލީފް އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށް އެމްޑީޕީން ވަނީ ރަސްމީކޮށަ އިއުލާނުކޮށްފައެވެ.
ޒަލީފް އެމްޑީޕީއަށް ސޮއިކުރުމަށްފަހު މެމްބަރިޝިޕް ފޯމު މިއަދު ވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ހަވާލުކުރައްވާފައެވެ. މެމްބަޝިޕް ފޯމު ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީން ބުނީ، ތިނަދޫ ޕީޕީއެމްގެ ޒުވާން ކައުންސިލް މެމްބަރު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެން ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭންގައި ބައިވެރިވެފައިވާކަމަށެވެ.
ޒަލީފް އަކީ ޕީޕީއެމް ޓިކެޓުގައި ތިނަދޫ ކައުންސިލް މެމްބަރުކަމަށް އިންތިހާބުވި ބޭފުޅެކެވެ. ޒަލީފް އެމްޑީޕީއަށް ސޮއިކުރުމާއެކު ޖުމްލަ 7 މެމްބަރުން ތިބޭ ތިނަދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ.