logoEN
WAMCO TOP 1
ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އަލްފާ އަލީ

logo

8/2/2023, 11:34:34 AM

Raees-Yaameen

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލަ މިއަދު އެކޯޓުން ބަލައިގެންފި އެވެ.

THE TRAVELLER AD

އިލެކްޝަން ކޮމިޝަނަށް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ އިއްޔެ ހެނދުނެވެ. ނަމަވެސް ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އެ ކޮމިޝަނުން ހަވީރު ނިންމައި ފޯމު ބަލައި ނުގަތެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ރޭ ފަތިހު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފަ އެވެ.

ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC