logoEN
WAMCO TOP 1
ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އައިޝަތު އިފާޝާ

logo

8/2/2023, 11:25:55 AM

Yaameen/Jameel

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތް މައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

THE TRAVELLER AD

އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ކެނޑިޑަސީ ހުށައެޅުއްވީ އިއްޔެ އެވެ. އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމަވާފައިވާ ނިންމުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރުމަށް ގާނޫނޫ އަސާސީގައި ބުނާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި މިވަގުތު ފުރިހަމަ ނުވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑަސީއާއ މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނުނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC