logoEN
cocacola
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހުވަދު އަތޮޅުގެ ދެޒުވާނަކަށް!

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހުވަދު އަތޮޅުގެ ދެޒުވާނަކަށް!

އަހުމަދު ޝުރާއު

logo

7/26/2023, 5:55:30 PM

shura

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ހުވަދު އަތޮޅަށް ނިސްބަތްވާ ދެޒުވާނަކަށް ދީފި އެވެ.

ގޮސިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 18 ބޭފުޅަކަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ހުވަދު އަތޮޅަށް ނިސްބަތްވާ ދެ ޒުވާނުންނަކީ ނިޔަމި، ގދ. ފިޔޯރީ އަޙްމަދު ޝުޖާޢު އާއި ކަޅިރަވަ، ގއ. ގެމަނަފުށީ މުޙައްމަދު އަރުޝަމް ޙުސައިން އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި އިތުރު ޒުވާނުން:

އަލްއުސްތާޛާ ޢާއިޝަތު ޒަހާ، ދަފްތަރު. ނަންބަރު ރސ 6834

އައްޝައިޚް ޙުސައިން ނަޝާޠު އިބްރާހީމް، ދަޑިމަގު. ޑޭޒީ، ޏ. ފުވައްމުލައް

އަޙްމަދު އިބްރާހީމް، މަލަ، ޅ. ނައިފަރު

ޢާއިޝަތު ރިފްޤާ، ކަނީރުގެ، ރ. ރަސްމާދޫ

އަލްއުސްތާޛް ޒައިފް ޙަސަން ފަޟާލް، ހ. ވައިޓްޑައިމަންޑް

އާމިނަތު ޖުމާނާ، ނަލަހިޔާގެ، ހދ. ނެއްލައިދޫ

އިރުނާއު ޝަރީފް، ދޭލިޔާގެ، ބ. ތުޅާދޫ

ލޫޠު އިސްމާޢީލް ޝަފީޤް، ގ. ތުނަ

ޢަލީ އަޙްމަދު، ޖަވާހިރުމާގެ، ފ. ނިލަންދޫ

އަޙްމަދު ހާޝިމް، ތުނޑި. ވައިޓްކްރޯން، ލ. ގަން

އަޒުހާ މުޙައްމަދު ޔޫސުފް، މ. ކަގި

އާމިނަތު އިޙްސާނާ، އިޙްސާން، ރ. ހުޅުދުއްފާރު

ރަނާ މުޙައްމަދު ނަޢީމް، ހ. އާޝިރުވާދު

އިނާމު ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ