
093-Election-commission-EC-Nashaath-1023x630
އިލެކްޝަން ކޮމިޝަން (އީސީ) މެންބަރު އަލީ ނަޝާތުގެ ދައުރު ހަމަވެއްޖެއެވެ.

ކޮމިޝަންގެ މެމްބަރުކަމުގައި ނަޝާތުގެ ފަސް އަހަރުގެ ދައުރު ހަމަވެފައިވާއިރު އޭނާ އެ މަގާމަށް އަލުން އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެ މައްސަލައާއި މެދު ވަކި ގޮތެއް ނުނިންމައެވެ.
އިލެކްޝަންސް ކޮމިޝަން މެމްބަރެއްގެ މަގާމު ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭ އެ މަގާމަށް އަލުން މީހަކު އައްޔަންކުރުމަށް ގާނޫނުން ލާޒިމްކުރެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުންނެވެ.
އީސީން ވިދާޅުވީ، އެ ކޮމިޝަނުގެ މެންބަރެއްގެ އައިސިއްޔަތުން ނަޝާތު ކާމިޔާބުކަމާއެކު މެންބަރުކަމުގެ ދައުރު ފުރިހަމަ ކުރައްވާފައިވާތީ މަރުހަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.
ނަޝާތުގެ ދައުރު ހަމަވުމާއެކު އިލެކްޝަނުގައި ތިބެންޖެހޭ ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރު މަދުވާނެ އެވެ. އަދި މި ދަނޑިވަޅަކީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކޮމިޝަނުން ފާސްކޮށްފައިވާ ދަނޑިވަޅެކެވެ.