logoEN
cocacola
"ހިތުގެ އަޑިން ޒުވާނުންގެ އަޑު" ހަމްދާ ކިޔާދިނީ ހިތްދަތި އެހެނަސް މިއަދުގެ ޒުވާނުންގެ ހާލަތު

"ހިތުގެ އަޑިން ޒުވާނުންގެ އަޑު" ހަމްދާ ކިޔާދިނީ ހިތްދަތި އެހެނަސް މިއަދުގެ ޒުވާނުންގެ ހާލަތު

ތާއިލާ އަލީ

logo

7/24/2023, 2:34:38 PM

Hamdha

ރޭ މުޅި މީސްމީޑިއާ ގުގުމާލީ ދިވެހި ޒުވާނެއްގެ އަސަރުގަދަ ވާހަކަތަކާއެކުއެވެ. ރޭ "ދަ ޑިމޮކްރެޓްސް" އިން ބޭއްވި ބައްދަލުވުމެއްގައި އެޒުވާނާ ކިޔައިދިނީ މިއަދު ގައުމުގެ ހާލަތެވެ. ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް ޒުވާނާ ކިޔައިދިނީ ނުހަނު އަސަރާއެކުއެވެ. "ހިތުގެ އަޑިން ޒުވާނުންގެ އަޑު" ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ފާތިމަތު ހަމްދާ މުހައްމަދު (ހަމްދާ) ކިޔާދިނީ ހިތްދަތި މިއަދުގެ ޒުވާނުންގެ ހާލަތެވެ.

ގޮސިޔާ

އުމުރުން އެންމެ 21 އަހަރުގެ ޒުވާނާގެ އަޑުން އިވިގެން ދިޔައީ ހަމަ އެކަނި އޭނާގެ އެކަނި އަޑެއް ނޫނެވެ. މިއަދު މިޤައުގައި ތިބި ގިނަ ޒުވާނުންގެ އުދާސްތަކާއި ކަންބޮޑުވުންތަކެވެ.

"ހަމްދާއަކީ ޒުވާނެއް. ހަމްދާގެ އަޑުން އިވިގެންދާނެ ވާހަކަތަކަކީ ހަމްދާގެ އެއް ނޫން މި ގައުމުގެ ގިނަ ޒުވާނުންގެ އުދާސްތަކާއި ކަންބޮޑުވުންތައް،" ޒުވާން ޖޯޝުގައި ވާހަކަ ފެށި ހަމްދާ ކިޔައި ދިނެވެ.

ހަމްދާ ބުނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮންނަ ގޮތުން ގިނަ އާއިލާތައް މިހާރު ރޫޅިފައިވާ ކަމަށެވެ. މި ޖީލުގެ ދަރިން ބޮޑެތި ވެފައި ތިބީ އާއިލީ މައްސަލަތަކާއި ހިތްހަމަނުޖެހުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން އާއިލީ ލޯތްބާއި ގުޅުންތަކަކީ ކިހާ މުހިއްމު ކަމެއް ކަން ގަބޫލުކުރަން ބޭނުން ނުވާ ޒާތަކަށް ކަމަށެވެ. އަދި ކާމިޔާބު ގުޅުމެއް ނުވަތަ ކައިވެންޏެއް ދަމަހައްޓާނެ މެންޓަލް ނުވަތަ އިމޯޝަނަލް ކެޕޭސިޓީއެއް ނެތް ކަމަށާއ،ި އޭނާ ފާހަގަކުރި ގޮތުގައި މިއީ "އިމޯޝަނަލް އިންސްޓެބިލިޓީ" ނުވަތަ ނަފްސާނީ ނާގާބިލްކަމެވެ.

ހަމްދާ ބުނީ އެ ހުރިހާ ކަމަކާ ވިސްނާ ވިސްނާ މީހާ "ހުލިވާ" އިރު، އާއިލާގެ ގުޅުންތަކަށް ވަގުތު ވެސް ނުދެވޭ ކަމަށެވެ. އެންމެ ފަހުން ކުދިކުދި ކަންކަމާ ރުޅިގަދަވާ އިރު، ގިނަ ފަހަރު ހީލަން ވެސް ހަނދާން ނުހުންނަ ކަމަށް އޭނާ ބުންޏެވެ

ގިނަ ޒުވާނުން މިހާރު ދިރިއުޅެނީ ވަކިން ތަނެއް ކުއްޔަށް ހިފައިގެން ނުވަތަ ރަހުމަތްތެރިންނާއެކު ތަނެއްގައި ކުއްޔަށް ކަމަށްވާ އިރު، ރާއްޖޭގައި ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮތީ "ރައްޔިތުން ދޮވެ ހުސް ކުރާ" އުސޫލުން ކަމަށާއި ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަދި ހަމްދާ ފާހަގަކުރި ގޮތުގައި ޒުވާނުންނަށް މިހާރު އޮންނަނީ 24 ގަޑިއިރު ވެސް މަދުވެފައެވެ. މި ވަރަށް މަސައްކަތްކޮށްގެން ވެސް، ދިރިއުޅޭ ތަނުގެ ކުއްޔާއި ކަރަންޓާއި ފެނަށް ދައްކަން ޖެހޭ ބިލު ބޮޑުވެފައި އޮންނައިރު، ބިލްތައް ދައްކާފައި އަތުގައި ކާނެ ބޯނެ އެއްޗެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

"އަމިއްލަ މީހާއަށް ހޭދަކޮށްލާނެ ބައި ލޯ ލާރިއެއް ވެސް އަޅުގަނޑުމެން އަތުގައި ނޯވޭ. ވޭލާއިން އަގުހެޔޮ ރީތި ހެދުމެއް ލައިގެން، ދިރާގުން އިންސްޓޯލްމެންޓަށް ސެމްސަންގް އެސް 22 އަލްޓްރާއެއް ނަގައިގެން އުޅުނެއް ކަމަކު އަޅުގަނޑުމެންގެ ހާލަތަކީ މިއީ އެނގޭތޯ،" ހަމްދާ ބުންޏެވެ.

ކޮންމެ ދުވަހެއް ވެސް ދަނީ، ދިރިއުޅެވޭތޯ ކުރާ ހަނގުރާމެއްގައި، ލޫޕެއްގައި ކަމަށާއި، ދިރިއުޅުން މަތިން ފޫހިވާ ފަހަރު ވެސް އަންނަ ކަމަށާއި އަދި މިހެން އުޅޭ އިރު މަރުވާން ބޭނުންވާ ކުދިންނާ ވެސް ދިމާވާކަމަށާއި އަދި އެންމެ ފަހުން މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް އެ ޒުވާނުންދާކަން ހަމްދާވަނީ ހިތާމައާއި އެކު ފާހަގަކޮށްފައިއެވެ. މިއީ ޕޯޑިއަމްއެއްގައި ހިއްސާ ކުރަން ބޭނުންނުވާ، އެކަމަކު ހަޤީގަތްްކަން ހަމްދާވަނީ ބުނެފައިއެވެ.

ދިރިއުޅެވޭތޯ ކުރަމުން އަންނަ ހަނގުރާމައިގައި ބައިވެރިވަމުން ޒުވާނުންނަށް ލިބޭ ދަރިން ބިކަހާލުގައި ޖައްސަން ދަރިން ހޯދާކަށް ބޭނުން ނުވާ ޒުވާނުން އެބަތިބި ކަމަށެވެ. މިއީ ފަހަރެއްގައި އަމިއްލަ ގެދޮރުގައި، ލަގްޒަރީ އެޕާޓްމެންޓުތަކުގައި، ހަތަރު އިރު ބޮޑެތި ކެއުންތައް ކައިގެން އުޅޭ މީހުންނަށް އިހުސާސް ނުކުރެވިދާނެ ކަމެއް ކަމަށް ހަމްދާވަނީ ބުނެފައިއެވެ.

އަދި މޭ ފުއްޕާލާފައި" ރާއްޖެ އަކީ ވަރަށް "ސްޓޭބަލް" ގައުމެކޭ ބުނާ އިރު، އެ ހާލަތުގައި އޮތީ ކޮން ގޮތަކުންތޯ ހަމްދާވަނީ ސުވާލު އުފައްދާފައި އެވެ.

ހަމްދާ ވަނީ އަމިއްލަ ފައިދާ އަށް ވުރެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ނަމަ، މި ހާލަތު ބަދަލު ކުރެވޭނެ ކަމުގެ ޔަގީން ކަން ދީފައެވެ. އަދި ޒުވާނުންގެ މި ހާލަތު ބަދަލުކޮށް ދިނުމަށް ހަމްދާވަނީ އިލްތިމާސް ކޮށްފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ