
އަހަންނަކީ ތިބާއަށް ދުވަހަކުވެސް ކުޅެން ނުލިބޭނެ ބާބީއެއް - އާޝާ
New Project (72)
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ފިލްމީ ދާއިރާގައި އެތަކެއް ކާމިޔާބީ ތަކެއް ހޯދާފައިވާ އައިމިނަތު ރަޝްފާ (އާޝާ) ބާބީ ޑޯލް ތީމް އަށް ނެގި ފޮޓޯ ޝެޝަނާއެކު ފޭނުންނަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

ބާބީ ޑޯލް ތީމްގައި ފޮޓޯ ނެގުމަށްފަހު އާޝާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައިވަނީ، "އަހަރެން މީ ދުވަހަކުވެސް ތިބާއަށް ކުޅެން ނުލިބޭނެ ބާބީ ޑޯލްއެއް ކަމަށް ވިސްނާ" މިހެންނެވެ.
ބައިސްކޯޕުގައި ކުރިއަށް ގެންދިޔަ މި ފޮޓޯ ޝޫޓުގައި އާޝާގެ މޭކަޕްކޮށް އިސްތަށިގަނޑު ހަދާފައިވަނީ ހަސަން އާދަމްއެވެ. ޝޫޓް ކޮށްފައިވާ ސެޓް ހަދާފައިވަނީ ނާއިޝާ، ކްރިއޭޓިވް ސެލެޑް އަދި ހަސަން އާދަމް ގުޅިގެންނެވެ. އާޝާގެ ބާބީ ތީމް ހެދުން ފަރުމާކޮށްފައިވަނީ ކްރިއޭޓިވް ސެލެޑުންނެވެ. ފޮޓޯ ނަގާފައިވަނީ ސުހޭލް އެވެ.
އާޝާގެ މި ފޮޓޯތަކަށް ފޭނުން ވަނީ އެކި ކަހަލަ ކޮމެންޓް ތައް ކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އެއީ ވަރަށް ފުރިހަމަ ޝޫޓެއް ކަމަށާއި، އާޝާގެ ރީތިކަންވެސް ބުނެފައެވެ.