
White Alert
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމައަށެވެ.
މިރޭ 00:15 އިން ފެށިގެން 06:00 އާ ހަމައަށް އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.