logoEN
Sto top
ކުރީގެ މެމްބަރު ސައުދުﷲ ގެ ފާޑުކިއުން ހަނަފީއާއި އިމިގްރޭޝަނަށް

ކުރީގެ މެމްބަރު ސައުދުﷲ ގެ ފާޑުކިއުން ހަނަފީއާއި އިމިގްރޭޝަނަށް

Saudulla Hilmy

ގދ. ތިނަދޫއަށް ސިހުރު ހަދަން ގެނައި ކަމަށް ޝައްކުކުރެވޭ އިންޑިއާގެ ދެ މީހުން ހޯދަން މިއަދު މޯލްޑިވްސް އިމިގްރޭޝަންއިން އިއުލާނު ކުރުމާއި ގުޅިގެން، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީގެ ފާޑުކިޔުން އިމިގްރޭޝަންއާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަހުމަދު ހުސައިންއަށް އަމާޒުކޮށްފިއެވެ.

Wamco

މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ތިނަދޫ ސަހަރާތެރޭގައި ސިހުރު ހަދަން ބަޔަކު ތިބި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވަނިކޮށް، މިމަހުގެ 14 ވަނަ ދުވަހު ސިހުރު ހަދާ ބައެއްކަމަށް ބުނާ 2 މީހަކު ތިނަދޫއަށް އައިސް ތިނަދޫ ގައި އުޅުނު ވީޑިއޯތަކެއް މީސްމީޑިއާގައު ދައުރުފެފައި ވެއެވެ. މީސްމީޑިއާގައި ރިޕޯޓްކޮށްފައި ވާގޮތުން މި މީހުންގެބޕޮޓޯ ވީޑިއޯ މީސްމީޑިއާގައި ދައުރު ވުމާއި ގުޅިގެން މި މީހުން ޖެހިގެން އައިދުވަގު ވަނީ ތިނަދޫއިން ފުރާފައެވެ.

View post on Twitter

އަދި ތިނަދޫގައި ސިހުރު ހަދާ ކަމަށް ބުނާ މައްސަލައެއް ފުލުހުންވެސް ބަލަމުންދާ ދަނޑިވަޅެއްގައި އިމިގްރޭޝަން އިން އިންޑިއާއަށް ނިސްބަތްވާ އެ ދެމީހުން ހޯދުމަށް އިއުލާނު ކުރުމާއި ގުޅިގެން ސައުދުﷲ ކުރެެއްވި ޓުވީޓެއްގައި ވަނީ، ފުރައިގެން ގޮސްފައިވާ ބަޔަކު ފުރިކަން ނޭނގި އިމިގްރޭޝަން އަށް ހާޒިރުވުމަށް އަންގާ އިއުލާނު ކުރި އިރު، ބޯޑަރު ސިސްޓަމް ހުރީ ކިހިނެއް ވެފައިތޯ ސުވާލުކުރައްވާފައެވެ.

އަދި މިއީ އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީގެ ގާތް މީހަކު ނުވަތަ ބަޔަކު ބުނެގެން ކޮށްފައިވާ ކަމެއް ގޮތަށް ސިފަކޮށް ސައުދު ވަނީ ރާއްޖޭގެ މައި ދޮރާށީގެ އަގު މިގޮތަށް ވައްޓާނުލުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ރާއްޖޭގެ މުހިންމު މުއައްސަސާތަކުގެ އަގު މިގޮތަށް ވައްޓާ ނުލައްވަން އިލްތިމާސް ކުރައްވަމުން ސައުދު ވިދާޅުވީ، މިއީ ގައުމުގެ އެންމެ ހައްސާސީ އެއް މުއައްސަސާގެ އަގު ވައްޓާލުން ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އެކީގައި ބެންކޮކްއަށް، ތިނަދޫއަށް، ހަވޮޑިގަލާއަށް ޕިކްނިކް ދަތުރު ދިޔަޔަސް އެފަދަ މީހަކު ބުނިކަމުގައި ވިޔަސް ތިމާއަށް ތިމާ އިސްވެ ހުންނަވާ މުއައްސަސާއާއި ގައުމުގެ އަގު ވައްޓާލައިގެން ނުވާނެ - ސައުދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސައުދުالله ހިލްމީގެ ފާޑުކިއުން އިމިގްރޭޝަންއަށް އަމާޒުވެފައި ވާއިރު، މީސްމީޑިއާގައި ދައުރުވި މި 2 މީހުންގެ އެއާ ޓިކެޓް ކަމަށް ބުނާ ޑޮކިއުމެންޓްއިން ފެންނަ ގޮތުގައި މި 2 މީހުން ތިނަދޫއަށް އައުމަށް ޓިކެޓް ނަގާފައި ވާ ފަރާތުގެ މޮބައިލް ނަންބަރެއް ގޮތުގައި ޖަހާފައި ވަނީ ސައުދުالله ގެ ފޯން ނަންބަރު ކަމިގައި މީސްމީޑިއާގައި ވަނީ ފާހަނގަ ކޮށްފައެވެ.

ތިނަދޫ ސަހަރާތެރޭގައި ސިހުރު ހަދަން ބަޔަކު ތިބި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެފަދަ މައުލޫމާތެއް ލިބުމުން "ގާފު" އިން އެކަމާ ގުޅިގެން މައުލޫމާތު ހޯދައި އެތަނަށް އެވަގުތު ހާޒިރުވެތިބި ބައެއް މީހުންނާ ސުވާލުކުރުމުން ވަނީ އެކަން ހިނގައިދިޔަ ގޮތާއި އެތަނުން އެމީހުންނަށް އެވަގުތު ފެނުނު މަންޒަރުތައް ކިޔައިދީފައެވެ.

އެގޮތުން ދާދި ފަހުން ތިނަދޫގައި ނިޔާވި މީހެއްގެ މަހާނަ ކައިރީގައި މީހަކު ރޭގަނޑުގެ ވަގުތެއްގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެން އެތަނަށް ދިޔަ މިހާ ކިޔައިދިން ގޮތުގައި މަހާނައަށް ފެން އަޅާފައިހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރި މީހާގެ އަތުން "ސިހުރު ހަދާ ކަމަށް ބެލެވޭ ތަކެތި" ފެނިފައިވާ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside