logoEN
Sto top
މޫނުގައި އުފެދުނު ބޮޑު ޓިއުމަރެއް ނައްތާލުމަށްފަހު ފައިގެ ކަށިން މީހެއްގެ މޫނު ބައްޓަންކޮށްފި

މޫނުގައި އުފެދުނު ބޮޑު ޓިއުމަރެއް ނައްތާލުމަށްފަހު ފައިގެ ކަށިން މީހެއްގެ މޫނު ބައްޓަންކޮށްފި

އައިޝަތު އިފާޝާ

logo

7/9/2023, 8:30:27 AM

New Project (61)

އިޓަލީވިލާތުގެ ޑޮކްޓަރުންތަކެއް މީހެއްގެ މޫނުގައި އުފެދުނު ބޮޑު ޓިއުމަރެއް ނެގުމަށްފަހު، އެމީހާގެ ފައިގެ ކަށިގަނޑު ބޭނުންކޮށްގެން އޭނާގެ މޫނު އަލުން ހެދުމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކޮށްފިއެވެ.

Wamco

މިލާންގެ ގަލިއަޒީ-ސަންޓް އަމްބްރޯޖިއޯ ހޮސްޕިޓަލުގައި ހިނގި ފޭސް ސޭވިން ޕްރޮސީޖާއާ ބެހޭ ގޮތުން ލީޑް ސާޖަން އެލެސެންޑްރޯ ބާޖް ވިދާޅުވި ގޮތުގައި މިއީ ޑިމާންޑް ބޮޑު އަދި ކޮމްޕްލެކްސް އޮޕަރޭޝަނެކެވެ.

އުމުރުން 38 އަހަރުގެ އެންޖެލޯ ނަމަކަށް ކިޔާ އެމީހާގެ މޫނުގައި ނެގި ބޮޑު ޓިއުމަރުގެ ސަބަބުން އޭނާއަށް ކެއުމާއި ނޭވާލުމަށް އުނދަގޫވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން އޭނާގެ މޫނުން ނަގަންފެށި މި ޓިއުމަރު ނަގަން ޑޮކްޓަރުން އެންމެ ފަހުން ނިންމީ، އެ ޓިއުމަރު މާ ބޮޑަށް ބޮޑުވެ އޭނާގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދިއުމުންނެވެ.

އަދި ޓިއުމަރުގެ ސަބަބުން އޭނާގެ މޫނުގެ ބައެއް ކަށިތައްވެސް ނަގަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ މޫނު ކުރިން ހުރި ގޮތަށް ހެދުމަށް އޭނާގެ ފައިގެ ކަށިތައް ބޭނުން ކުރުމަށް ޑޮކްޓަރުން ނިންމިއެވެ.

އަދި އޭނާގެ ފައިގެ ކަށިގަނޑެއް ބޭނުންކޮށްގެން އޭނާގެ މޫނު އަލުން ރީކޮންސްޓްރަކްޓް ކުރުމުގެ ބޮޑު ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ވަނީ ފުރަތަމަ އޭނާގެ މޫނާއި މޫނުގެ ކަށިތައް ސީޓީ ސްކޭން ހެދުމަށްފަހު ތްރީޑީ ޕްރިންޓަރއެއްގެ އެހީގައި ސާމްޕަލެއް ހަދާފައެވެ.

އަދި އެއަށްފަހު އޭނާގެ ފައިން ކަށިގަނޑެއް ނެގުމަށްފަހު އޭނާގެ މޫނަށް ޓްރާންސްޕްލާންޓްކޮށް ޓިއުމަރުގެ ސަބަބުން ނަގަން ޖެހުނު ކަށިތައް ފުރިހަމަކޮށްފައެެވެ.

މި ސާޖަރީގެ ސަބަބުން އެއްވެސް ސައިޑް އިފެކްޓެއް ފެނިދާނެ ކަމަށް އެންޖެލޯގެ ރިކަވަރީ ޑޮކްޓަރުން ބަލަހައްޓަން ޖެހޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC