logoEN
Sto top
މި އޮޕްޓިކަލް އިލިއުޝަން އިން ތިބާއަކީ ކޮންކަހަލަ މީހެއްކަން ހާމަކޮށްދޭ

މި އޮޕްޓިކަލް އިލިއުޝަން އިން ތިބާއަކީ ކޮންކަހަލަ މީހެއްކަން ހާމަކޮށްދޭ

އައިޝަތު އިފާޝާ

logo

7/9/2023, 8:00:38 AM

NYPICHPDPICT000013594304 copy

މި އޮޕްޓިކަލް އިލިއުޝަނަކީ މީހާ އަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއް ކަން ހާމަކޮށްދޭ އިލިއުޝަނެކެވެ.

Wamco

މި ވިޝުއަލް ސައިކޮލޮޖިކަލް ޓެސްޓަކީ ކޮންޓެންޓް ކްރިއޭޓަރު މިއާ ޔިލިން ޓިކްޓޮކްގައި ޕޯސްޓްކޮށްފައިވާ ގިނަ އޮޕްޓިކަލް އިލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޓެސްޓެކެވެ.

އޭނާ ޓިކްޓޮކްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަ ތަސްވީރުން އެންމެ ފުރަތަމަ ފެންނަނީ ކޮން އެއްޗެއްތޯ ސުވާލުކޮށްފައިވެއެވެ.

އެ ތަސްވީރަށް އިރުކޮޅަކަށް ބަލާލުމުން ކަޅުކުލައިގެ އިސްތަށިގަނޑެއް ހުންނަ މީހެއްގެ މޫނެއް ފެނެއެވެ. އަދި ޕެންގުއިންއެވެސް އޭގެން ސިފަވެއެވެ.

ނަމަވެސް މި ތަސްވީރަށް އެންމެ ފުރަތަމަ ބަލާލުމުން ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ސިފަވާނީ އެތަނުން ކޮންމެވެއް އެކައްޗެކެވެ. ޕެންގުއިން ނުވަތަ ފިރިހެނެކެވެ.

ޔިލިން ބުނާ ގޮތުގައި ބެލުންތެރިޔާއަށް އެންމެ ފުރަތަމަ އެ ތަސްވީރުން ފިރިހެން މީހެއްގެ ސިފަ ފެނުނަސް ނުވަތަ ޕެންގުއިން ފެނުނު ނަމަވެސް އެމީހެއްގެ ޝަހުސިއްޔަތުގެ ފަހަތުގައިވާ ހަގީގަތް ހާމަވެގެންދެއެވެ.

undefined

ޕެންގުއިން އެންމެ ފުރަތަމަ ފެންނަ މީހުންނަކީ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް އެދޭ މިނިވަން ރޫހުތަކަކަށް ވުން ގާތްކަމަށް އެނާ ކިޔައިދެއެވެ.

އަދި އެފަދަ މީހުން ކުރިއަރައިގެން ދަނީ އަމިއްލަ މަސްލަހަތާއި މަޤްޞަދުތައް ޙާޞިލުކުރުމުގެ ފުރުޞަތު ލިބުމުންނެވެ.

ބައެއް ފަހަރު އެމީހުން ސިފަކުރަނީ އެކަހެރި ނުވަތަ އެހެން މީހުންނާ ދުރު ބައެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ އެމީހުންގެ އެކަނި ވަގުތުތަކަށް އިސްކަންދޭތީ އެވެ.

އެ ފޮޓޯއިން އެންމެ ފުރަތަމަ އެ ފިރިހެން މީހާ ފެނުނު މީހުންނަކީ "މީސްތަކުންގެ ވާހަކަ ދައްކާއިރު ހަވަނަ ހިއްސު މަސައްކަތް ކުރާ" މީހުން ކަމަށް އޭނާ ބުނެއެވެ.

އެފަދަ މީހުންނަކީ އާދަޔާ ޚިލާފަށް އެހެން މީހުންގެ މިޒާޖު ދެނެގަނެ އެމީހުންނަކީ ކޮންކަހަލަ ބައެއްކަށް ފަސޭހައިން ދެނެގަންނަ ބައެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް މިމީހުންނަކީ އަމިއްލަ ނަފްސާމެދު ޝައްކުކޮށް، އަބަދުވެސް އެހެން މީހުންގެ ކިބައިން ސައްހަކަން ހޯދުމުގެ ސަބަބުން އެމީހުންގެ އަމިއްލަ އިންސްޓިންކްޓް ދެވަނަ ފަހަރަށް އަންދާޒާކުރަން މަޖުބޫރުވާ ބައެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside