
ބައިވެރިޔާއާ އެކު އޮންނަ ގުޅުން ޓެސްޓުކޮށްލުމަށް އޮޕްޓިކަލް އިލިއުޝަންއެއް!
NYPICHPDPICT000013617744 copy
މި މަޝްހޫރު އޮޕްޓިކަލް އިލިއުޝަނަކީ ތިބާގެ ބައިވެރިޔާއާ އޮންނަ ގުޅުން ޓެސްޓުކޮށް ބައިވެރިޔާއާ މުއާމަލާތް ކުރާ ގޮތް ހާމަކޮށްދޭ އެއްޗެކެވެ.

ލެ ބޭޒް ("ދަ ކިސް") އަކީ 20 ވަނަ ގަރުނުގެ ކުރީކޮޅުގެ ރޫސޯ-ޕޮލެންޑް އާޓިސްޓް ސޯނިއާ ލެވިޓްސްކާގެ މަޝްހޫރު ކުރެހުމެކެވެ.
އަންހެނަކާއި ފިރިހެނަކު ގައިގޯޅިވެފައިވާ ގޮތަށް ސިފަވާ މި ތަސްވީރުން އެންމެ ފުރަތަމަ ފެންނަނީ އަންހެނެއްތަ؟ ނޫނީ ފިރިހެނެއްތަ؟
މިކުރެހުން ބަލާލުމުން އެންމެ ފުރަތަމަ ފިރިހެނަކު ނުވަތަ އަންހެނަކު ފެނުނަށް އެމީހުންގެ ލޯބީގެ ހަޔާތުން ފެށިގެން އެއީ ތެދުވެރި މީހެއް ކަމާމެދު އެމީހުންގެ ސައިކޮލިޖީއަށް ވިސްނައިދެވިދާނެ ކަަށް އެތައް އަހަރެއް ވަންދެން މީހުން ބުނަމުން ދެއެވެ.
މީހުން ބުނަނީ ބެލުންތެރިޔާ އަށް އެންމެ ފުރަތަމަ ފިރިހެން މީހާ ފެނިއްޖެނަމަ އޭގެ މާނައަކީ ބެލުންތެރިޔާގެ ސިކުނޑީގައި ފިރިހެނަކު ނުވަތަ ފިރިހެނުންތަކެއް ހުރުމަކީ، އެއީ ވަކި ފިރިހެނަކާ މެދު ރުޅި އައިސްގެން ނުވަތަ އެކަކަށް އެދޭތީ ކަމަށް ވެދާނެ ކަމަށެވެ.
ފިރިހެން މީހާއަށްވުރެ ކުރިން އަންހެން މީހެއްގެ ސިފަ ފެންނަ ނަމަ އެނގެނީ އޭނާ އަކީ ބައިވެރިޔާއާ އެކު މާ ބޮޑަށް އޯޕަންކޮށް އަދި ހުރިހާ ކަމެއްވެސް ބައިވެރިޔާއާ ހިއްސާކުރާ މީހެއް ކަމަށެވެ.
އަދި އެމީހަކީ އަމިއްލަ އިހުސާސްތަކާ ބެހޭ ގޮތން ތެދުވެރިކަމާއެކު ވާހަކަދައްކާ، އަނެކާ ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަންކުރާ މީހެއްގެ ގޮތުގައެވެ. އަދި މިއީ ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓުމަށް މަގުފަހިވާ މައިގަނޑު ސަބަބެއް ކަމަށް އެފަދަ މީހުން ގަބޫލުކުރެއެވެ.
އަދި މިފަދަ މީހުންނަށް އެފަދަ އިހްސާސްތަކާއި ސަމާލުކަމެއް އަނބުރާ ނުލިބިއްޖެ ނަމަ މާޔޫސްވެ ރުޅިއައުންވެސް އެކަށީގެންވެއެވެ.
އެންމެ ފުރަތަމަ ފިރިހެން މީހެއްގެ ސިފަ ފެންނަ ނަމަ އެމީހުންނަކީ މާ ބޮޑަށް އެކަކަށްޓަކައި ހުންނަ މީހެއް ކަމަށާއި، މުޢާމަލާތްކުރުމުގައި އުނދަގޫތަކެއް ހުންނަ މީހަކަށް ވެދާނެއެވެ.
މިފަދަ މީހުންނަށް ތެދުވެރިކަމާއެކު ބައިވެރިޔާއާ އޭނާގެ އިހްސާސްތައް ފާޅުކުރަން އުނދަގޫވެދާނެއެވެ. އަދި މާ ބޮޑަށް އެކަހެރިވެ އެކަނިވެރިކަމުގެ އިހުސާސްތައްވެސް އުފެދިދާނެއެވެ.
އޮޕްޓިކަލް އިލިއުޝަން އަކީ ނަފްސާނީ ބައްޔެއް ދެނެގަތުމާއި، ވިސްނުމުގެ ބަލިތައް ދެނެގަތުމަށް ފޮޓޯ ތައް ބޭނުންކޮށްގެން މަޝްހޫރު ސައިކޮލޮޖިކަލް ޓެސްޓެއް ކަމަށްވާ ރޯރްޝަޗް ޓެސްޓެއް ނުވަތަ އިންކްބްލޮޓް ޓެސްޓަކާ އެއްގޮތް ޓެސްޓެކެވެ.