![ރައީސް ޔާމީން ވާދަނުކުރުމަށް ނަޝީދު ވިދާޅުވުމުން، މެމްބަރު ޝިޔާމްގެ ވަރުގަދަ ރައްދެއް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F08%2F10-31-41-shiyam12.jpg&w=3840&q=75)
ރައީސް ޔާމީން ވާދަނުކުރުމަށް ނަޝީދު ވިދާޅުވުމުން، މެމްބަރު ޝިޔާމްގެ ވަރުގަދަ ރައްދެއް
10-31-41-shiyam12
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ބަހުގެ ހަމަލާތަކެއް ދަ ޑިމޮކްރެޓްސްއާއި ރައީސް ނަޝީދަށް އަމާޒުކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއި، ރައީސް ޔާމީންވެސް ވާދަނުކުރައްވައި، އޭގެ ބަދަލުގައި ދެބޭފުޅުންވެސް އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތް ހޯދައިދެއްވުންކަމަށެވެ.
އެކަމާ ގުޅިގެން މެމްބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އެ ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ. އަދި މި އިންތިޚާބުގައި ރައީސް ނަޝީދާއި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި ކަމަށެވެ.
އަދި އެބޭފުޅުންގެ ކެނޑިޑޭޓެއްވެސް މިހާތަނަށް ދައްކަވާފައިނުވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ އިން މާކުރިން ވަނީ ރައީސް ޔާމީން ކެނޑިޑޭޓެއްގެ ގޮތުގައި ނިންމައި ކެމްޕެއިންވެސް ފަށާފައި ކަަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އިދޮކޮޅު ޕީޕީއެމުން ވާދަކުރައްވާނެ ކެނޑިޑޭޓެއްގެގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމެއް އޮތުމާއެކު، އިންތިޚާބުގައި ވާދަކުރެވިދާނެކަމާމެދު ވަނީ ސުވާލެއްގެ ތެރޭގައެވެ.