
Yellow Alert
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ރ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 18:45 އިން ފެށިގެން 22:00 އާ ހަމައަށެވެ.
މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ އެކިސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެކި ރަށްރަށަށް ގެއްލުން ލިބެމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
އަދި ވިއްސާރައިގައި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ސަލާމަތީ ފިޔަވަޅުުތައް އެޅުމާއި ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކުދި އުޅަނދުތައް އެސަރަހައްދުތަކުގައި ދުއްވުމަކީ މަނާކަމެކެެވެ.