logoEN
cocacola
ސިފައިން މިއަދު ތިނަދޫގައި ބޭއްވި ޕެރޭޑްގައި މި ތުއްތު ކުއްޖާގެ ފޮޓޯއިން ކިޔައިދޭ ވާހަކަ

ސިފައިން މިއަދު ތިނަދޫގައި ބޭއްވި ޕެރޭޑްގައި މި ތުއްތު ކުއްޖާގެ ފޮޓޯއިން ކިޔައިދޭ ވާހަކަ

އަލްފާ އަލީ

logo

7/4/2023, 9:30:37 PM

F0MyGbyaIAIEO9p

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ގދ ތިނަދޫގައި، ދިވެހި ސިފައިން މިއަދު ބޭއްވި ޕެރޭޑްގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ތުއްތު ކުއްޖެއްގެ ފޮޓޯއަކަށް ހުއްޓުނެވެ.

ގޮސިޔާ

މިއަދު ތިނަދޫގައި ބޭއްވި ޕެރޭޑް ބަލާލުމާއި ފޮޓޯ ނެގުމަށް ތިނަދޫގެ ކުދިބޮޑު އެތައް ބަޔަކު ޖަމާވިއެވެ. ތިނަދޫ ސްޓޭޑިއަމް އިން ފެށިގެން ތިނަދޫ މިއުޒިއަމް ޕާކު ސަރަހައްދަށް ޕެރޭޑް ހުއްޓުމާ ހަމައަށް އެތައް ބަޔަކު ވަނީ އެ ޕެރޭޑް ބަލައި ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްފައެވެ.

ނަމަވެސް އޭގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތުއްތު ސިފައިންގެ ކުއްޖެއްގެ ފޮޓޯއެކެވެ. ސިފައިންގެ ހެދުން ރަމްޒުކޮށްދޭ ފަދަ ހެދުމެއް ލައިގެން ހުރި ތުއްތު ކުއްޖަކު ސިފައިންގެ ބޭކަލުންގެ ކުރިމަތީގައި ހުރެ ސެލިއުޓް ކުރާ މަންޒަރެވެ.

އެގޮތުން އެ ތުއްތު ކުއްޖާގެ ދައްކުވައިދެނީ ދިވެހި ސިފައިންގެ ހިތުގައި އެ ތުއްތު ހިތުގައި އުފެދިފައިވާ ލޯތްބެވެ. ގައުމީ ބަތަލުންގެ ކުރިމަތީގައި ކުޑަކުޑަ ބަތަލަކު މިއަދު ދެއްކި މަންޒަރުން ހަމަ ޔަގީނުންވެސް ގައުމުގެ ދިފާއުގައި އަމިއްލަ ފުރާނަ ގުރުބާން ކޮށްލަން ތިބި ސިފައިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެންނާނެ ކަން ޔަގީނެވެ.

ދިވެހި ދިދަ އަތަށް ނަގައިގެން ހުރެ ދިވެހި ސިފައިގެން ހެދުމެއްގައި ހުރެ ކުރި ސެލިއުޓަކީ ހަމަ ޔަގީނުންވެސް ގިނަ ބަޔަކަށް ސިފައިންގެ ހިދުމަތާއި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރުމަށް ދެވުނު ބޮޑު ހަދިޔާއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ