
ޓިކްޓޮކްއިން ރާއްޖެއިން އެންމެ ފުރަތަމަ "ވެރިފައި"ވި ޒުވާން، ހުނަރުވެރި ފޮޓޯގްރަފަރު!
IMG_1832
މީސް މީޑިޔާގެ ވިއުގަތަކަކީ މިހާރުގެ ކުދީންގެ ދިރިއުޅުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކި ކަހަލަ މަސައްކަތް ކުރާ، އެކި ފަންނުގެ އެކި ހުނަރުގެ ކުދިން މިއަދު މީސް މީޑިޔާގައި މަޝްހޫރުވާއިރު، އޭގެން ރާއްޖެއިން މިއަދު އެންމެ ކުރިއަރާފައިވާ، އެންމެ ބޮޑަށް ފާހަގަ ވާނެ އެއް ފަންނަކީ ފޮޓޯގްރަފީގެ ދާއިރާކަން ގައިމެވެ. ފޮޓޯ ނަގާ ކިތަންމެ ކުއްޖަކު މިއަދު ދިވެހި ގައުމުގައި ތިބިކަމުގައި ވިނަމަވެސް، ތަފާތު ގޮތްތަކަށް ރީތިކޮށް ފޮޓޯނަގާ، ފޮޓޯގްރަފީގެ އެންމެ އުހަށް ވާސިލްވެވެނީ ވަރަށްވެސް މަދު ފޮޓޯގްރަފާއަކަށެވެ. އެގޮތުން މިއީ އެންމެ 19 އަަހަރުގެ، ފޮޓޯގްރަފީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ އަދި ދިވެހިރާއްޖެއިން ޓިކްޓޮކްގެ ޕްލެޓްފޯމްއިން އެންމެ ފުރަތަމަ "ވެރިފައިވި" ޒުވާން އަދި ހުނަރުވެރި ފޮޓޯގްރާފަރު ކަމަށްވާ، ގއ. ގެމަނަފުށްޓަށް އުފަން އަކްޝަމް އަބްދުލް ގާދިރްގެ ވާހަކައެވެ.

ފޮޓޯނެގުމާއިމެދު ޝައުގުއުފެދުން.
އަކްޝަމްގެ މުޅިން ތަފާތު ހުނަރެއް.
ފޮޓޯނެގުމާއި ވީޑިއޯކުރުމަކީ އަކްޝަމްގެ ހަމައެކަނި ހުނަރެއްނޫނެވެ. އެއާއި ޙިލާފަށް އަކްޝަމްއަކީ އެހެން ފޮޓޯނަގާމީހުން އަދި ވީޑިއޯނަގާމީހުންވެސް ބޭނުންކުރާ ހާއްސަ އެއްޗެއްވެސް އުފައްދާ ހުނަރުވެރިއެކެވެ. އެއީ 2020 ވަަނަ އަހަރުގެ ލޮކްޑައުން ތެރޭ އަކްޝަމް ފެށި ތަފާތު މަސައްކަތެކެވެ. ޔޫޓިއުބްއާއި އަދި އެހެން އެފަދަ ޕްލެޓްފޯމްތަކުން އަމިއްލަ އަށް ދަސްކޮށްގެން ޝައުގުވެރިކަމާއި އެކު ކުރި ކަމެކެވެ. އެގޮތުން އަކްޝަމް އުފެއްދީ "އިންސްޓަގްރާމް ސްޓޯރީ ފިލްޓާރ" ތަކެކެވެ. މިވަގުތާއި ހަމައަށް ޖުމްލަ 78 ފިލްޓާރއެއް އަކްޝަމް އުފައްދާފައިވާއިރު، ޖުމްލަ އެފިލްޓާރ ވިއުސްތަކުގެ ގޮތުގައި އަކްޝަމްއަށް މިއަދާއި ހަމައަށް 14 މިލިއަން ވިއުސް ލިބިފައިވާކަމީ އެންމެ ފާހަގަވާއެއްކަމެވެ. އަދި ހަމައެހެންމެ، އަކްޝަމް އެފިލްޓަރ ތަށް އުފައްދައި، އޭނާގެ އިންސްޓަގްރާމްގައި އަޕްލޯޑްކުރިތާ އެއް މަސްދުވަސްތެރޭ އެއްމިލިއަންއަށް ވުރެ ގިނަ ވިއުސް ލިބުނުކަމީ އަކްޝަމްއަށް ފިލްޓާރސްތަށް އުފައްދައި ކުރިއަށް ދިޔުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުވެސް މެއެވެ.
މީސް މީޑިޔާއާއި އަކްޝަމްގެ ފޮޓޯނެގުމުގެ ދާއިރާ
އަކްޝަމްގެ ފޮޓޯ ނެގުމުގެ ކެރިއަރުގެ އަސްލު ކުރިއެރުމަކީ އޭނާގެ އިންސްޓަގްރާމް އެކައުންޓްތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖުމްލަ 3 ފޮޓޯގްރަފީގެ އެކި ވަތްތަރުގެ އިންސްޓަގްރާމް އެކައުންޓްސް އަކްޝަމް ގެންގުޅޭ އިރު، އެތިން އެކައުންޓްއަކީވެސް އަކްޝަމްގެ ފޮޓޯގްރަފީގެ އެކި ހުނަރުތަށް ދައްކުވައިދޭ ތިން އެކައުންޓެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ވާނެ އެކައުންޓަކީ އަކްޝަމް، އޭނާގެ ޕޮރްފެޝަނަލް ވޯކްގެ ގޮތުގައި ގެންގުޅޭ "އައި ޝޮޓް މޯލްޑިވްސް" އެކައުންޓެވެ.އުމުރުން އެންމެ 17 އަހަރުވީ އުފާވެރި ދުވަހު، 10،000 ފޮލޯވަރުން އަކްޝަމް މިއެކައުންޓްއިން ހަމަ ކުރިއިރު، އަކްޝަމް ގަބޫލު ކުރާ ގޮތުގައި، މިހާރު ތިބި ގާތްގަޑަކަށް 12،800 އެއްހާ މީހުންނަކީ އަކްޝަމްްގެ ފޮޓޯގްރަފީ ކެރިއަރު މިހާ ވަރަށް ކުރިއަރައިގެން ދިޔުމުގެ އެންމެ ބޮޑު އެއް ސަބަބެވެ.
އިންސްޓަގްރާމާއި އެއްފަދައިން ޓިކްޓޮކްގައިވެސް އަކްޝަމް އޭނާގެ އެކި ވީޑިޔޯތަކާއި ފޮޓޯތަށް އަޕްލޯޑްކުރާއިރު، ޓިކްޓޮކް ޔަގީނުންވެސް ވާނީ އަކްޝަމްގެ އެންމެ ހާއްސަ މީސް މީޑިޔާ ޕްލެޓްފޯމަށެވެ. އުމުރުން އެންމެ 19 އަހަރުން ޓިކްޓޮކް އިން އަކްޝަމް ވެރިފައިވިއިރު، އަކްޝަމްގެ ފޮލޯވަރުންގެ ގޮތުގައި 6300 އެއްހާ މީހުންނާއި އެކު، 127،900 އެއްހާ ލައިކްސް އަކްޝަމްގެ ޓިކްޓޮކްގެ އެކި ވީޑިޔޯތަކަށް ވަނީ ލިބިފައެވެ. އަކްޝަމްގެ އެންމެ ބޮޑު އުއްމީދަކީ އަކްޝަމްއަށް ސަޕޯޓްްކޮށް، ހިތްވަރުދޭ އެންމެންގެ ހިތްވަރުން އޭނާ އިންސްޓަގްރާމްއިންވެސް ވެރިފައިވުމުގެ ފުރުސަތުލިބުމެވެ.
އަކްޝަމްގެ ޝުކުރު އެންމެންނަށް.
ފޮޓޯ ނެގުމުގެ ކެރިއަރުގައި އެހާ ޅައުމުރެއްގައި އަކްޝަމް ދައްކުވަމުން ގެންދަނީ ވަރަށްވެސް ޝައުގުވެރި، އަދި އެހެން ފޮޓޯ ގްރާފަރުންނަށްވެސް މިސާލެކެވެ. އަކްޝަމް އަބަދުވެސް ގަބޫލުކުރާ ގޮތުގައި، މިއަދާއި ހަމައަށްވެސް އަކްޝަމްގެ ކެރިއަރުގެ އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ އޭނާގެ މައިންބަފައިންނާއި އާއިލާއެވެ. އެކަމަށްޓަކައި އަކްޝަމް ވަރަށް ބޮޑަށް އާއިލާއަށް ޝުކުރުވެރިވެއެވެ. އަދި އަކްޝަމްގެ އެކުވެރިން އޭނާއަށް ދޭ ހިތްވަރާއި؛ އެއްބާރުލުމަށްވެސް އަކްޝަމް ވަރަށް ޝުކުރުވެރި ވެއެވެ. ހަމައެހެންމެ، މިއަދާއި ހަމައަށް އަކްޝަމްއަށް ފޮޓޯގްރަފީގެ ރޮނގުން އެހިތެރިވެދެއްވި އެންމެހާ ބޭފުޅުންނަށް އަކްޝަމް ވަރަށް ބޮޑަށް ޝުކުރު ދަންނަވައެވެ.
ފޮޓޯ ނެގުމުގެ ކެރިއަރުގައި ކިތަންމެ ގިނަ ދުވަސް ވިކަމުގައި ވިޔަސް، އަކްޝަމް އަބަދުވެސް ގަބޫލުކުރާ ގޮތުގައި އެނގިފައިވާ އެއްޗެއްސަށްވުރެ ބޮޑަށް، ދަސްކުރަންޖެހޭ އެއްޗެހި އަބަދުވެސް ގިނައެވެ. އަކްޝަމްގެ އުންމީދަކީ އަބަދުވެސް ފޮޓޯގްރަފީ ކެރިއަރުގައި ދެވެންއޮތް އެންމެ ކުރިއަކަށް ދެވުމެވެ. "ގާފު" ޓީމުގެ ފަރާތުންވެސް އަކްޝަމްއަށް އެދެނީ ކާމިޔާބު ކެރިއަކަަށެވެ.