logoEN
cocacola
މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވީ ކަރަންޓު ކޭބަލް ވަގަށް ނަގަން އުޅެނިކޮށް ކަރަންޓު ޖެހިގެން - ފުލުހުން

މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވީ ކަރަންޓު ކޭބަލް ވަގަށް ނަގަން އުޅެނިކޮށް ކަރަންޓު ޖެހިގެން - ފުލުހުން

އައިޝަތު އިފާޝާ

logo

7/2/2023, 3:57:07 PM

breaking ބްރޭކިންގް

ގޮސިޔާ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނުމީހާ މަރުވީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުުހުން ވިދާޅުވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވައި ފެނުުނު މީހާއަކީ އެގެއިން ކަރަންޓު ކޭބަލް ވަގަށް ނެގުމަށް އެގެއަށް ވަދެ އުޅުނު މީހެއް ކަމަށެވެ.

އަދި އޭނާ މަރުވެފައިވަނީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހިގެން ކަމަށް ތަހުގީގަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ނިޔާވި މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި ހުރި ކަމުގެ ނިޝާން ތައް ފެންނަން ހުރި ކަމަށާއި، އެނާ ބިންމައްޗަށް ވެއްޓިފައި އޮތް ތަނުން، ވައްކަން ކުރަން ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަރުވެފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ފެނުނު މީހާ އޭޑީކޭ އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭޑީކޭއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް އޭރު ފުލުހުން ވިދާޅުވިއެވެ. އަދި މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިތުރު ތަފްސީލު އަންނަނީ....

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ