
މި ވީޑިއޯ އެންމެ ފުރަތަމަ ބާލާލުމުން ފެންނާނީ މެހިތަކެއް، ނަމަވެސް އެއީ އެހެން އެއްޗެއް
Screenshot 2023-06-26 at 12.59.58
ބައެއް ފަހަރު ފެންނަ މަންޒަރުތަކުން އަހަރުމެންގެ ސިކުނޑިއަށް އޮޅުންބޮޅުންވާ ހިސާބަށް ދެއެވެ. އެ ތަސްވީރުގައި ނުވަތަ އެމަންޒަރެއްގައި ހަގީގަތުގައި ނުވާ ކަމެއް ނުވަތަ އެއްޗެއް އަހަރުމެންގެ ލޮލުން ސިކުނޑިއަށް ދައްކުވައިދެއެވެ،

ނަމަވެސް ބައެއް ފަހަރު ރަނގަޅަށް ބަލާލުމުން އޭގެ ހަގީގަތް އެނިގެންދެއެވެ. އެގޮތުން މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން އެންމެ ފުރަތަމަ ފެންނަ ގޮތުގައި ބައިވަރު މެހި ތަކެއް އުޅޭތަން ފެނެއެވެ. ނަމަވެސް ރަނގަޅަށް އެ ވީޑިއޯއަށް ބަލާލުމުން އޭގެ ހަގީގަތް އެނގިގެންދެއެވެ.
އެގޮތުން އެވީޑިއޯއިން އަސްލު ފެންނަނީ، ބިއްލޫރި ނުވަތަ އަނެއް ފަރާތް ފެންނަ ފްލޯއެއްގެ ތިރިން ނަގާފައިވާ ވީޑިއޯއެކެވެ. އެވީޑިއޯއިން ފެންނަނީ ބަޔަކު ނަށާ މަންޒަރެވެ.