logoEN
Sto top
މަސައްކަތުގެ މާހައުލުގައި ނިދާ މީހުންނަކީ އުފެއްދުންތެރި ބައެއް - ދިރާސާ

މަސައްކަތުގެ މާހައުލުގައި ނިދާ މީހުންނަކީ އުފެއްދުންތެރި ބައެއް - ދިރާސާ

އައިޝަތު އިފާޝާ

logo

6/26/2023, 11:51:08 AM

New Project (47)

ފަހުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ނިދުމަކީ، މަސައްކަތުގެ އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމާއި ހަނދާނަށް ހަގީގީ ފައިދާތަކެއް ކުރާ ކަމެކެވެ.

Wamco

ވަޒީފާދޭ ބައެއް ފަރާތްތަކުންވެސް މިހާރު ގެންދަނީ، އޮފީސް މާހައުލުގައި ނެޕް ޕޮޑާއި، ސްލީޕް ރޫމް ނުވަތަ ޕަވާ ނެޕަށް ހާއްސަ އެެހެނިހެން ތަންތަން ހަދަމުންނެވެ.

ދުވާލު ގަޑީގައި ނިދުމަކީ އެކަމުގެ ސަބަބުން އެކަށީގެންވާ ފައިދާތަކެއް ހުރި ކަމުގެ ހެކިތަކެއް ފެންނަން ހުރި ނަމަވެސް އެކަމާ ގުޅޭގޮތުން ބައެއް މީހުންގެ ހިޔާލު ތަފާތެވެ.

ދާދިފަހުން ސައިންސްވެރިންތަކެއް ހެދި ދިރާސާއަކުން ދައްކާގޮތުގައި، ދުވާލުގަޑީގައި ކުޑައިރުކޮޅަކަށް ނިދާ މީހުންގެ ސިކުނޑީގެ ވޮލިއުމް ބޮޑު ކަމަށެވެ.

ސްލީޕް ހެލްތް ޖާނަލްގައި ލިޔުއްވާފައިވާ ސައިންސްވެރިން ވަނީ ބްރިޓިޝް ބަޔޯބޭންކް ސާވޭގައި ބައިވެރިވި 35،000 އަށް ވުރެ ގިނަ ބައިވެރިންގެ ޑޭޓާ ބަލާފަ އެވެ.

އުމުރުން ދުވަސްވާ ވަރަކަށް އަހަރެމެންގެ ސިކުނޑި ކުޑަވަމުން ދިޔަ ނަމަވެސް އާދައިގެ ނެޕަރުންގެ ސިކުނޑި އަކީ އުމުރުން ދުވަސްވީ ނަމަވެސް އެހެން މީހުންނާ އަޅާބަލާއިރު ބޮޑު ސިކުނޑިތަކެކެވެ. - އެ ދިރާސާ ކުރި ސައިންސްވެރިން ބުނެފައިވެއެވެެ.

މަސައްކަތުގެ މާހައުލުގައި ކުޑައިރުކޮޅަކަށް ނިދާލުމަކީ، ދުނިޔޭގެ އެކި ގައުމުތަކުގެ ބޮޑެތި މަގާމުތައް ފުރުއްވާ ބޭފުޅުންވެސް ކުރައްވާ ކަމެކެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗަރ، ލޮއޮނާޑޯ ޑާ ވިންޗީ، ސްޓެފަން ކިންގ، މާކް ކިއުބާ އަދި ޖޯން އެފް ކެނެޑީގެ އިތުރުން ބިލް ކްލިންޓަން އާއި ޖޯޖް އެޗްޑަބްލިއު ބުޝްވެސް ހިމެނެއެވެ.

މަސައްކަތުގެ މާހައުލުގައި ނިދުމަކީ މަސައްކަތުގެ އުފެއްދުންތެރިކަމަށް ފައިދާކުރާ ކަމެއް ކަމަށްވުމުން، ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުންވެސް މުވައްޒަފުންނަށް އެ ފުރުސަތު ދެއެވެ.

މަސައްކަތުގެ މާހައުލުގައި ނުވަތަ ދުވާލު ގަޑީގައި "ނެޕް" (ނިދުމުގެ) ފައިދާތަކުގެ ތެރޭގައި ހަނދާން ރަނގަޅުކޮށްދިނުމާއި، ކަންތައްތަކަށް ސަމާލުކަންދިނުން އިތުރުވުމާއި، ކަންތައްތައް ރާވައި ހިންގުމުގެ ގާބިލުކަން އިތުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންތައްތައް ހައްލުކޮށް އެކުގައި މަސައްކަތް ކުރާ މީހުންނާ އޮންނަ ގުޅުން ރަނގަޅުވުން ފަދަ ކަންތައްތައްވެސް ހިމެނެއެވެ.

ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި މި ދިރާސާގެ ލިޔުންތެރިން ލިޔުއްވާފައިވާ ގޮތުގައި އެތުލީޓުންގެ މެދުގައި 30 މިނެޓާއި 60 މިނެޓާ ދެމެދުގެ ވަގުތަކަށް ދުވާލުގަޑީގައި ނިދުމަކީ ކޮގްނިޓިވް ޕާފޯމަންސް އާއި ފިޒިކަލް ޕާފޯމަންސް ރަނގަޅު ކުރުމަށް މެދުމިނުން މަތީ އަސަރެއް ކުރާ ކަމެކެއް ކަމަށެވެ.

ދުވާލު ގަޑީގައި ނިދުމަކީ ފައިދާތަކެއް އޭގައި ހިމެނޭ ކަމެއް ނަމަވެސް އެކަން ކުރުމުގައި ރަނގަޅު އަދި ގޯސް ގޮތްތައްވެސް ހުރެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވާލުގަޑީގައި ގިނައިރު ވަންދެން ނިދުމަކީ މާ ބޮޑަށް ވަރުބަލިވެ ހާސްވާ ގޮތް ބައެއް މީހުންނަށް އިހްސާސްކުރެވޭ ކަމެއް ކަމަށެވެ.

ނާސާއިން އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ދުވާލުގަޑީގައި 26 މިނެޓުވަންދެން ނިދާ ޕައިލެޓުންގެ އެލާޓްނެސް އިމްޕްރޫވްމަންޓް 54 އިންސައްތައާއި މަސައްކަތުގެ އިމްޕްރޫވްމަންޓް 34 އިންސައްތައަށް އިތުރު ވެފައިވާއިރު، އެއީ ދުވާލުގަޑީގައި ނުނިދާ ޕައިލެޓުންނާ އަރާބަލާއިރު އިތުރު އަދަދެއް ކަމަށެވެ.

ދުވާލު ގަޑީގައި ނިދާއިރު މާ ގިނައިރު ވަންދެން ނުނިދުމަށްޓަކައި، މަޝްހޫރު "ނެޕަރ" އަދި ސައިންޓީސްޓް އަލްބަޓް އައިންސްޓައިން މިކަމުގައި އަމަލުކުރިގޮތް މިސާލަކަށް ބަލާށެވެ. އައިންސްޓައިން ދުވާލުގަޑީގައި ނެޕް އެއް ނަގާއިރު ގޮނޑިއެއްގައި އިށީނދެގެން އިންނައިރު އޭނާގެ އަތުގައި ސަމުސަލެއް އޮންނަ ކަމަށް ބުނެއުޅެއެވެ.

ނިދުމާއެކު އޭނާގެ ހަށިގަނޑާއި ސިކުނޑިއަށް ހަމަޖެހުމެއް ލިބޭ ހިސާބުން އަތުގައި އޮންނަ ސަމުސާ ބިންމައްޗަށް ވެއްޓެއެވެ. އަދި އެ އަޑުގެ ސަބަބުން އޭނާއަށް ނިދިން ހޭލެވި، ތާޒާ ކަމާއެކު އުނދަގޫ ތިއޮރޮޓިކަލް ފިޒިކްސްގެ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވެގެންދެއެވެ.

ނޯޓް: ދެން ތިބާ އަހަންނަށް އެވަގުތު ދީފި ނަމަ އަހަރެން މިދަނީ ކުޑައިރުކޮޅަކަށް ނިދާލުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC