
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދުސަމާލު ދަންމާލައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 7 އިން ފެށިގެން މެންދުރު 12 ޖެހުމާ ހަމައަށެވެ.
އެ އިދާރާއިން ބުނީ، އެ މުއްދަތުގެ ތެރޭގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ނެރުނު ހުދު ސަމާލު ދަންމާލާފައިވަނީ، މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.
މި މުއްދަތުގެ ތެރޭގައިވެސް ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.