
neymar-bruna-biancardi-1-eaec616551d94c7390c90efb4b33cd65
ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ އަށް އޭނާގެ ލޯބިވެރިޔާ ބްރޫނާ ބިއަންކާޑީ އަށް ބޭވަފާތެރިވުމުގެ ފުރުސަތު ދީފައި ވަނީ ތިން ހާލަތެއް މެދުވެރިވެގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފުޓުބޯޅަ ކުޅުންތެރިޔާ އޭނާގެ މާބަނޑު ލޯބިވެރިޔާއަށް އޮޅުވާލި ކަމުގެ ވާހަކަތައް ފެތުރުމާ އެކު ނޭމާ ވަނީ ބުރާސްފަތި ދުވަހު (ޖޫން 22) އިންސްޓަގްރާމްގައި އޭނާއާ ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓާއެކު ފުޓުބޯޅަ ކުޅުންތެރިޔާ ވަނީ މައާފަށް އެދި ނޯޓެއް ލިޔެ، އޭނާ ދެކެ ލޯބިވާ ވަރާއި، އޭނާގެ ހަޔާތުގައި ލޯބިވެރިޔާއަށް ބޭނުންވާ ގޮތް ލިޔެފަ އެވެ.
އީމް އޮފް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ލޯބިވެރިން ވަނީ ނޭމާއަށް ބްރޫނާ އަށް ބޭވަފާތެރި ވެވޭނެ ފުރުސަތު ލިބޭ ގޮތަށް އެއްބަސްވުމެއް ހަދާފައެވެ.
ޝަރުތުތަކުގެ ތެރޭގައި ކޮންޑަމް ބޭނުންކުރުމާއި، އެކަމަށް ސަމާލުކަންދިނުމާއި، ގުޅުން ހިންގާ އެހެން މީހަކާ ކިސް ނުކުރުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އަދި އެހެން އަންހެނުންނަށް ފްލްރޓްކޮށް ޖިންސީ ގުޅުން ހިންގުމުގެ މިނިވަންކަން ވެސް ބްރޫނާ ވަނީ އޭނާއަށް ދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.