logoEN
Sto top
ދުވާލު ނިދުމަކީ ސިކުނޑިއަށް ފައިދާހުރި ކަމެއް - ދިރާސާ

ދުވާލު ނިދުމަކީ ސިކުނޑިއަށް ފައިދާހުރި ކަމެއް - ދިރާސާ

އައިޝަތު އިފާޝާ

logo

6/20/2023, 1:26:50 PM

A-young-woman-napping-peacefully-at-home

ކޮންމެ ދުވަހެއްގައިވެސް ދުވާލުގަޑީގައި އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހޯދާލައި "ނެޕް" އެއް ނެގުމަކީ ސިކުނޑިއަށް ރަނގަޅު ކަމެއް ކަމަށާއި، އަދި އެއީ ގިނަ ދުވަހު ސިކުނޑި ބޮޑުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ސައިންސްވެރިން ބުނެފިއެވެ.

Wamco

އެ ޓީމުން ކުރި ދިރާސާއިން ދެއްކި ގޮތުގައި ދުވާލުގަޑީގައި ނިދާ މީހުންގެ ސިކުނޑި އަކީ 15 ކިއުބިކް ސެންޓިމީޓަރު (0.9 ކިއުބިކް އިންޗި) ބޮޑު ސިކުނޑިއެއް ކަމަށެވެ. ދުވާލު ގަޑީގައި ނިދުމަކީ ސިކުނޑިއަށް ފައިދާހުރި ކަމެއް ކަމަށް ސައިންސްވެރި ބުނި ނަމަވެސް، ބައިގަޑިއިރަށްވުރެ ނިދުން ދިގު ނުކުރުމަށް ވަނީ ލަފާދީފައެވެ.

ސައިންސްވެރިންގެ ޓީމުން ބުނެފައިވާ ގޮތުގައި، ގިނަ މީހުންގެ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ދުވާލު ގަޑީގައި ނިދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ދުވާލުގަޑީ ގިނަވަގުތު މަސައްކަތުގެ މާހައުލުގައި ހޭދަކުރާ މީހުންނަށް ނިދަން ވަގުތެއް ލިބުމަކީ އުނދަގޫ ކަމެއް ކަމަށްވެސް އެޓީމުން ބުނެފައިވެއެވެ.

އެޓީމުގައި ހިމެނޭ ސައިންޓިސްޓެއް ކަމަށްވާ ވިކްޓޯރިއާ ގާފީލްޑް ބުނެފައިވާ ގޮތުގައި ކޮންމެ މީހަކަށްވެސް ދުވާލުގަޑީގައި ގާތްގަނޑަކަށް 30 މިނެޓުގެ ނިދި ލިބުމަކީ ފައިދާއެއް ލިބިދާނެ ކަމެއް ކަަމަށެވެ. އަދި އެ ކަމަކީ ވަރަށް އާދަޔާ ހިލާފު އަދި ވަރަށް ހިތްގައިމު ކަމެއް ކަމުގައިވެސް ވިކްޓޯރިއާ ސިފަކުރެެއްވިއެވެ.

އެންމެ ތުއްތުއިރު ދުވާލުގަޑީގައި ނިދުމަކީ ސިކުނޑީގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، އުމުރުން ދުވަސްވާ ވަރަކަށް އެ އާދައާށް ބަދަލުއައިސް، ދިރިއުޅުމުގެ އެކި ކަންކަމުގައި މީހާ ބުރަކޮށް އުޅުމުގެ ސަބަބުން މެދުކެނޑިފައިވީ ނަަމަވެސް 65 އަހަރުން މަތީގެ 27 އިންސައްތަ މީހުން އަލުން އަނބުރާ އެ އާދައަށް ރުޖޫއަވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެޓީމުން ބުނެފައިވެއެވެ.

އުމުރާ އެކު ސިކުނޑި ގުދުރަތީ ގޮތުން ކުޑަވަމުން އަންނަ އިރު، އަލްޒައިމާ ފަދަ ބަލިތަކުން ސަލާމަތްވުމަށް ނެޕްސް އިން އެހީވެދޭނެތޯ އަދިވެސް އިތުރު ދިރާސާތަކެއް ކުރަން ޖެހޭނެ އެވެ.

މުޅި ސިކުނޑީގެ ސިއްހަތަކީ ޑިމެންޝިއާ އިން ރައްކާތެރިވުމަށް މުހިންމު ކަމެއް ކަމަށާއި މި ހާލަތު ގުޅިފައިވަނީ ހަމަ ނިދި ނުލިބުމުން ކަމަށްވެސް އެ ދިރާސާ ކުރި ޓީމުން ހާމަކޮށްފައިވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ނިދި މަދުވުމުގެ ސަބަބުން މަޑުމަޑުން ސިކުނޑިއަށް ގެއްލުން ލިބޭ ކަމަށާއި، އެ ހާލަތު މެދުވެރިވަނީ ނިދި މަދުވުމުގެ ސަބަބުން އިންފްލެމޭޝަން އުފައްދައި ސިކުނޑީގެ ސެލްތަކުގެ ގުޅުމަށް އަސަރުކޮށްގެންނެވެ.

"އެހެންކަމުން ގަވާއިދުން "ނެޕް" ނެގުމަކީ، ނިދި މަދުވި ނަމަވެސް، ނިއުރޯޑިޖެނެރޭޝަނުން ރައްކާތެރިކޮށްދޭނެ ކަމެއް،" ރިސާޗަރު ވެލެންޓީނާ ޕާޒް ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC