logoEN
Sto top
ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިންގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ!

ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިންގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ!

އަހުމަދު ޝުރާއު

logo

6/18/2023, 6:10:08 PM

Screenshot 2023-06-18 at 17.17.49

ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިންގެ ހިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

Wamco

އެމިނިސްޓްރީއިން މިއަދު ބުނީ ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން "1484" ގެ ޚިދުމަތް މިއަދު 15:00 އިން ފެށިގެން ލިބިގެންދާނެ ކަމަށެވެ.

މި ހެލްޕްލައިންގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 15:00 އިން ރޭގަނޑު 21:00 އަށް ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.

View post on Twitter

މިނިސްޓްރީ އޮފް އެޑިއުކޭޝަނުންެ އިސްނަގައިގެން ތައާރަފުކުރާ މިހިދުމަތް އިފްތިތާހު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. މި ހެލްޕްލައިން ގާއިމު ކޮށްފައިވަނީ ޔުނިސެފް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކުއެވެ.

ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭނީ އެކަމަށް ހާއްސަ ތަމްރީނު ފުރިހަމަ ކޮށްފައިވާ ސްކޫލުތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ. ކައުންސިލަރުން ތަމްރީނު ކުރުމާއި ހިދުމަތް ފޯރުކޮށްދިނުމަށް އުސޫލުތައް އެކުލަވާލާފައިވަނީ ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެންނެވެ.

މިއީ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށް ރާއްޖޭގައި ގާއިމު ކުރެވުނު ފުރަތަމަ ހެލްޕްލައިނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside