logoEN
WAMCO TOP 1
ބަދަލު ހޯދަން ނާޒިމްއަށް ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ބަދަލު ހޯދަން ނާޒިމްއަށް ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަހުމަދު ޝުރާއު

logo

6/18/2023, 2:45:26 PM

large_148750289628BCWV

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމު ހައްޔަރުކޮށް އުމުރަށް ޖަލަށްލީ މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

THE TRAVELLER AD

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމު ހައްޔަރުކޮށް 2015 ވަނަ އަހަރު އުމުރަށް ޖަލަށްލީ މަކަރާއި ހީލަތް ހެދުމުގެ ކުށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ސާބިތުވުމުންނެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

ނާޒިމް މިނިވަންވުމާ އެކު، އޭނާ ވަނީ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ މެމްބަރުކަމުގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާއި ލިބުނު އެހެން ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ. ދަށު ކޯޓުގެ ހުކުމް ނާޒިމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ ނާޒިމު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ މިނިވަންކުރަން ސުޕްރީމް ކޯޓުން ފަހުން ނިންމި ނަމަވެސް ހައިކޯޓުން ކުރީގެ ހުކުމެއް ބަދަލުކޮށް ބަދަލު ދޭން ނުޖެހޭ ކަމަށެވެ.

ނާޒިމު ބަދަލު ހޯދަން ކުރާ ދައުވާގައި އެދިފައިވަނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުމުން އޭރު ލިބުނު މެންބަރު ކަމުގެ މުސާރައާއި އިނާޔަތްތަކާއި އަދި އޭނާ ބަންދުކުރުމުން ލިބިފައިވާ އެހެން ގެއްލުންތަކަށްވެސް ބަދަލު ހޯދުމަށެވެ.

ސުޕްރީމް ކޯޓުގައި ނާޒިމު އިސްތިއުނާފް ކުރި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ބަދަލު ހޯދުމަށް ނާޒިމު ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ހުށަހަޅުއްވައިފިނަމަ ސިވިލް ކޯޓަށް މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ.

އެމައްސަަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ ސިވިލް ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބޭރުކޮށްލުމަކީ އިހްތިސާސް ނެތް ކަމަށް ބުނެ ކޯޓަކުން ބަލައި ނުގަންނަ މައްސަލައެއްގައި ޝަރީއަތް ނުކުރުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ނާޒިމްގެ ޖަލު ހުކުމް އޭނާގެ ސުޕްރީމް ކޯޓުން ބާތިލް ކުރިޔަސް، އޭނާގެ މެމްބަރުކަމުގެ ގޮނޑި އަލުން އަނބުރާ އިއާދައެއް ނުކުރެ އެވެ.

ކޮމެންޓް
ފަހުގެ
HDC