
ޖުވެނައިލް ކޯޓުގެ ގާޒީ މުޙައްމަދު ޢީސާފުޅު ސިވިލް ކޯޓުގެ ގާޒީއަކަށް!
New Project
ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ސިވިލްކޯޓުގެ ގާޒީއަކަށް ބަދަލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޔާޢަތްކުރުމާއެކު ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ސިވިލްކޯޓުގެ ގާޒީއަކަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.
ގާޒީ މުހައްމަދު އީސާފުޅު ސިވިލް ކޯޓުގެ ގާޒީއަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ 2023 ޖޫން 18 (މިއަދު) ވަނަ ދުވަހުން ފެށިގެން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ގާޒީ މުހައްމަދު އީސާފުޅަކީ މީގެ ކުރިން އެހެން ކޯޓުތަކުގައިވެސް ގާޒީކަން ކޮށްފައިވާ ބޭފުޅެކެވެ.



