
ރޭގަނޑު ނުނިދާ ހުރެ ފޯނާއި ކުޅުމަކީ ސިއްޙަތަށް ގެއްލުންހުރި ކަމެއް
gallery-1466700034-gettyimages-558175143
ޓެކްނޮލޮޖީ ކުރިއަރައި ސްމާޓް ޑިވައިސްތަކުގެ މި ޒަމާނުގައި ނޭނގި ނަމަވެސް އެތައް މިލިއަން ބަޔަކު އަމިއްލަ ނަފްސަށް ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. އެކަމަކީ މާ ބޮޑު ކަމެއް ކަމުގައި ފާހަގަ ނުކުރެވުނު ނަމަވެސް އެއީ ސިއްހީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއްކަން ސާބިތުވެފައިވާ ކަމެކެވެ.

ރޭގަނޑު ނުނިދާ ގިނަ ވަގުތު ފޯނާ ކުޅެން އޮތުމަކީ އަމިއްލަ ނަފްސަށް ގެއްލުންދޭ ކަމެކެވެ. އެކަމުގެ ސަބަބުން އަނެއް ދުވަހު ގަދައަށް ނިދިއައުމާއު ވަރުބަލިކަން އިހްސާސް ކުރެވެއެވެ. އެއީ މާ ބޮޑު ކަމެއް ނޫންކަމަށް ހީވެފައި އޮތް ނަމަވެސް އެކަމުގެ ނުރައްކާ ބޮޑެވެ. އެގޮތުން ހަނދާނާއި ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އެކަމުން އަސަރުކުރެއެވެ.
ޓިކްޓޮކް، އިންސްޓަރގްރާމް، ފޭސްބުކް އަދި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަށް ބެލުމުގައި އެނދުގައި އޮށޯވެ އޮންނަށް އަމިއްލައަށް ނިންމި ނިންމުމަކީ، "ޑޫމް ސްކްރޯލިން" ގެ އާދައެއް ކަމަށާއި، އެކަމުގެ ސަބަބުން ސިއްހަތަށް ސީރިއަސް ގެއްލުންތަކެއް ލިބުން ގާތް ކަމަށް ސްލީޕް އެކްސްޕާޓް ރެޗެލް ބިއާޑް ބުނެފައިވެއެވެ.
އޭނާ ބުނެފައިވާ ގޮތުގައި، ނިދުމުގެ އެތައް ގަޑިއިރެއްގެ ކުރިން ޕްރީ-ސްލީޕް ޑޫމް ސްކްރޯލް ކުރުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި "މީ ޓައިމް"ގެ ގޮތުގައި އެމީހުންގެ އަމިއްލަ ނަފްސަށް ހައްގު ވަގުތެއް ކަމަށް ދެކޭ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން، ކޮންމެހެންވެސް ނިދަން ރެކޮމެންޑް ކޮށްފައިވާ ނުވަ ގަޑިއިރާއި ހަތް ގަޑިއިރުގެ ނިދި ނުލިބި، ގިނަ ބަޔަކު ވެއްޓިގެން ދަނީ ނުރައްކާތެރި ސައިކަލް އެއްގެ ތެރެއަށް ކަމަށާއި، އެކަމުގެ ދުވާލުގެ ވަގުތުތަކުގައި އަމިއްލަ ނަފްސުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އުނދަގޫވާ ކަމަށެވެ.
އަދި ލަހުން ނިދުމަށްފަހު ހޭލާއިރު، ވަރުބަލިވެފައި ހުރުމާއި، ހަމަ ނިދި ނުލިބުމުގެ އިހްސާސް ކުރެވުމާއި، މުޅި ދުވަހު ވަރުބަލިކަން އިހްސާސް ވުން ހިމެނޭ ކަމަށާއި، އަދި ދުވަސް ނިމުމުން އަނެއްކާވެސް ފޯނާއި ކުޅުމަށް ޝައުގުވެރިކަން އުފައްދާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނިދުމުގެ އެއް ގަޑިއިރު ކުރިން ޓެކްނޮލޮޖީ އާއި ދުރަށް ދިއުމާއި ލައިޓްތައް ނިއްވާލައި، ހަށިގނޑަށް އަރާމު ދިނުމަށް މަސައްކަތް ކުރުމާއި ނިދުމުގެ ރޫޓިން ބަދަލުކޮށް ހަމަނިދި ނިދުމަށް ބޭނުންވާ ކަންތައް ކުރުމަށް އޭނާ ވަނީ ހިތްވަރުދީފައެވެ.
ސިއްހަތަށް ފައިދާހުރި ނިދުމުގެ ރޫޓިންއެއް ކޮންމެ މީހަކަށް ވެސް ތަފާތުވީ ނަމަވެސް ރަނގަޅަށް ފެންވެރުމާއި، ކޮޓަރި ސާފުކޮށް، ހަމަޖެހިލައިގެން ފޯނާއި އެހެނިހެން ޑިވައިސްތަކާއި ދުރަށް ގޮސް އަމިއްލަ ނަފްސަށް ވަގުތު ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ލަފާދީފައިވެއެވެ.
ޑިވައިސްތަކުގައި ހުންނަ "ބްލޫ ލައިޓް" އަކީ އޭގެ ސަބަބުން އަމިއްލަ ސައިޑް އިފެކްޓްތަކުގެ ލިސްޓެއް އޮންނަ ކަމެއް ކަމަށާއި، ބްލޫ ލައިޓް ލޮލުން ސިކުނޑިއަށް ވަދެ ހަށިގަނޑުގެ ގުދުރަތީ ނިދީގެ ހޯމޯން ކަމަށްވާ މެލަޓޯނިން އުފައްދަން ހުރަސް އަޅާ ކަމަށްވެސް ބިއާޑް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ބްލޫ ލައިޓުން، މިއީ ހޭލައި ހުންނަން ޖެހޭ ވަގުތުކަން ސިކުނޑިއަށް ވިސްނައިދޭ ކަމަށާއި، ސިކުނޑިއަށް ގުދުރަތީ ގޮތުން މެލަޓޯނިން އުފައްދަން ފުރުސަތު ދޭން ޖެހޭ ކަމަށް ބިއާޑް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އަވަހަށް ނިދި އިހްސާސްވެ، އަވަހަށް ނިދުމާއި، ގިނަ އިރު ނިދުމުގެ ފުރުސަތު ލިބިގެންދާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
އަދި އެއް ގަޑިއިރަކީ ނިދުމަށް ތައްޔާރުވުމަށް އެންމެ ރަނގަޅު ވަގުތެއް ނަމަވެސް 30 މިނެޓުން ވެސް ފައިދާ ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.