
New Project (29)
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިފާޒުގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަ ހަފްލާއެއްގައި ރައީސް ނަޝީދު ނައްޓަވަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ރައީސް ނަޝީދާއި ޝިފާޒު ފެންނަ އެވީޑިއޯ މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެދެބޭފުޅުންވެސް ނަށާ މަންޒަރު އެވީޑިއޯއިން ފެނިގެންދެއެވެ.
ކުރީގެ ހިތްގައިމު ހިންދީ ލަވައަކަށް އެދެބޭފުޅުން ނަށަމުންދާއިރު، ކުރިމަތީގައި ހުރި މޭޒުގައި ދެ ކޭކު ބަހައްޓާފައި ހުރިތަން ވެސް އެވީޑިއޯއިން ފެނިގެންދެއެވެ.
ޝިފާޒަކީ، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން އެމްޑީޕީއާ ވަކިވުމަށްފަހު މިހާރު އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ.