logoEN
Sto top
ސިއްރު މައުލޫމާތު ވަގަށް ނެގި ކަމަށް ބޯއިންގ މައްޗަށް ތުހުމަތުކޮށްފި

ސިއްރު މައުލޫމާތު ވަގަށް ނެގި ކަމަށް ބޯއިންގ މައްޗަށް ތުހުމަތުކޮށްފި

އަލްފާ އަލީ

logo

6/12/2023, 4:57:41 PM

ZOT2RB7WI5P6RH2YD4Q3C5YQHE

ނާސާގެ ސްޕޭސް ލޯންޗް ސިސްޓަމް ރޮކެޓުގެ ސިއްރު މައުލޫމާތު ވަގަށް ނަގައި، އެސްޓްރޮނޯޓުންނަށް ނުރައްކާވެދާނެ ފަދަ "ކްރިޓިކަލް" ސޭފްޓީ ކޮމްޕޯނެންޓްތަކެއް ބޮއިންގްއިން އުފެއްދި ކަމަށް ބުނެ ކޮލޮރާޑޯގެ ކުންފުންޏަކުން ބުދަ ދުވަހު ބޮއިންގްގެ މައްޗަށް ދައުވާކޮށްފި އެވެ.

Wamco

ކޮލޮރާޑޯގެ އާއިލީ ވިޔަފާރިއެއް ކަމަށްވާ ވިލްސަން އެރޯސްޕޭސް އިން ބުނީ 2014 ވަނަ އަހަރުން ފެށިގެން ދެ އަހަރު ވަންދެން ބޮއިންގްއާ އެކު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެއީ ނާސާގެ އާމްދަނީގެ އެތައް ބިލިއަން ޑޮލަރެއް ގެއްލޭނެ ކަމުގެ ބިރަށް، ރޮކެޓަކަށް އިންޖީނުތައް ރައްކާތެރިކަމާއެކު ގުޅާލުމުގައި އެ ކުންފުނީގެ އެހީތެރިކަމަށް އެދުމުންނެވެ.

ސިއެޓަލް ފެޑެރަލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ބޮއިންގް އިން ވިލްސަންއާ ހަވާލުކުރި މަސައްކަތް ކެންސަލްކުރި ނަމަވެސް، އެ ޕްރޮޖެކްޓް ބިނާކޮށް އިންސްޓޯލް ކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދުތަކެއް ނުލިބި އެކުންފުނިން އެމައުލޫމާތު ބޭނުން ކުރަމުން ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ސަލާމަތީ ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ވިލްސަންގެ ވިޔަފާރީގެ ސިއްރުތަކުން ބޮއިންއިން އަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ބޮއިންއަށް ލިބުނު ހުރިހާ އާމްދަނީއަކާއި ފައިދާއެއް އަނބުރާ ގެންދަންޖެހޭނެކަމަށް އެދައުވާގައި ހިމަނާފައިވެއެވެ.

ވިލްސަން އިތުރަށް ބުނެފައިވަނީ، ބޮއިންގްގެ 787 ޑްރީމްލައިނާ މަތިންދާބޯޓުގެ ބޯލްޓް އިންސްޓޯލްމެންޓް ޓޫލްސްއާ ގުޅުންހުރި ވިޔަފާރީގެ ސިއްރުތައްވެސް ވަގަށް ނަގާފައިވާކަމަށެވެ.

ނާސާގެ ސްޕޭސް ލޯންޗް ސިސްޓަމަކީ މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ރޮކެޓްގެ ގޮތުގައި ބޮއިންގް އިން ވަނީ ސިފަކޮށްފައެވެ. އެއީ ދާއިމީ ގޮތެއްގައި އިންސާނުން ޖައްވުގައި ތިބުމުގެ މައިބަދަ ގެ ގޮތުގަ އެކުންފުނިން ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC