
SRZrV7q27kUBqko3Wpl1TAzm6ZIk9UcaMaIirdKR
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ، ކުރީގެ ވަޒީރު މަރުހޫމް ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުކޫތެއް ގެނެސްފި އެވެ.

އިއްޔެ އަވަހާރަވި އަބްދުﷲ ޖަމީލަކީ ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އިއްޒަތްތެރިއެކެވެ. ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ މަޖިލީހުގެ މެމްބަރުކަން 30 އަހަރަށްވުރެ ގިނަ ދުވަހު އަދާކުރައްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު ރިޔާސަތުން ވަނީ އަބްދުﷲ ޖަމީލު މަޖިލީހަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ހަނދާނުގައި މަޖިލީހުގައި ވަނީ ސްކޫތެއް ގެނެސްފައެވެ.
ސުކޫތެއް ގެނައުމުގެ އިތުރުން، ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ރައްޔިތުންގެ މަޖިލީޙުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ.
ޢަބްދުﷲ ޖަމީލް އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ޖޫން 12ވާ ހޯމަ ދުވަހުން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހާ ހަމައަށް، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ