logoEN
Sto top
އާ އަޕްޑޭޓާ އެކީ އެޕަލްގެ ޑިވައިސްތައް ބޭނުންކުރުމަށް ބޮޑެތި ފަސޭހަތަކެއް  

އާ އަޕްޑޭޓާ އެކީ އެޕަލްގެ ޑިވައިސްތައް ބޭނުންކުރުމަށް ބޮޑެތި ފަސޭހަތަކެއް  

އަލްފާ އަލީ

logo

6/11/2023, 2:01:19 PM

17E9695E-0E53-40F7-B0A2-2CC7658C2E3F

އައިއޯއެސް 17، މެކްއޯއެސް ސޮނޯމާ އަދި ވޮޗްއޯއެސް 10 ގައި ހިމެނޭ ވިޖެޓްތަކުގެ ސަބަބުން ގިނަ އެޕްލިކޭޝަންތައްބޭނުންކުރަން ފަސޭހަވެގެންދެއެވެ.

Wamco

ހޯމަ ދުވަހު އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް ކީނޯޓް ބެލިޔަސް، ތަކުރާރުކޮށް އެއް ބަހެއް އިވިގެންދާނެއެވެ، އެއީ ވިޖެޓްތަކެވެ.

މޫސުން ދައްކުވައިދޭ މި އައިކަންތަކާއި ކަލަންޑަރު އެޕޮއިންޓްމެންޓްތަކާއި އެހެނިހެން ފަސޭހަ ޑޭޓާ ޕޮއިންޓްތައް އައިފޯނާއި މެކް ކޮމްޕިއުޓަރު އަދި އައިޕެޑުން ލިބެން ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު އެޕަލްގެ ކުރިއަށް އޮތް ސޮފްޓްވެއާ އަޕްޑޭޓްތަކާއެކު މިވިޖެޓްތަކަށް ބޮޑު އަޕްގްރޭޑެއް ލިބެމުން އަންނަ އިރު، އައިފޯން، މެކްބުކް، އައިޕެޑް އަދި އެޕަލް ވޮޗަށް މި ވިޖެޓްތައް ބެނުންހިފުން ފަސޭހަވެގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

undefined

މި އަޕްޑޭޓްތައް އައުމުން ފުލް އެޕްލިކޭޝަނަށް ވަނުމުގެ ބަދަލުގައި ހަމައެކަނި ވިޖެޓްތައް ޓެޕްކޮށްގެން ސީދާ ހޯމް ސްކްރީނުން ނުވަތަ ލޮކް ސްކްރީނުން މިތްކެތި ބޭނުންކޮށްލެވޭނެއެވެ.

މިއީ ކުޑަ ބަދަލެއް ނަމަވެސް ޕްލޭލިސްޓުގައި ދެން އޮތް ލަވައަށް ސްކިޕްކުރަން ނުވަތަ ގޭގެ ފިނިހޫނުމިން ހަމަޖެއްސުމަށް ބޭނުންވާ ވަގުތުތަކުގައި ބައެއް ފަހަރު ޓެޕްތަކާއި ސްވައިޕްތައް ސަލާމަތްކޮށްދޭނެ ބަދަލެކެވެ.

undefined

މިއީ އެޕަލްގެ ގެޖެޓްތަކުގެ ބޭނުންތެރިކަން އިތުރުކުރުމަށް އެޕަލް އިން އެންމެ ފަހުން ކުރި އެންމެ މުހިންމު އެއް ކަންތައްކަމަށް އެކުންފުނިން ހާމަަކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC