logoEN
Sto top
ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމުގެ ޖަލްސާ ފެށިގެން ކުރިއަށް

ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމުގެ ޖަލްސާ ފެށިގެން ކުރިއަށް

DSC_2277

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ހަވާލުކުރެއްވުމަށް ބާއްވާ ބޮޑު ޖަލްސާ ފަށައިފިއެވެ.

Wamco

ކާނިވާ ސަރަހައްދުގައި "ހާސްކަނޑާލާ، ހަމަޖެހޭނެ" ނަމުގައި ބާއްވާ މި ޖަލްސާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ވައުދުތައް އިއުލާނު ކުރުމުގެ އިތުރުން ރިޔާސީ ސްލޯގަންވެސް ހާމަކުރައްވާނެއެވެ.

ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ބާއްވާ ޖަލްސާގައި 4000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެއަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް މީގެ ކުރިން ރިޔާޒް ރަޝީދު ވިދާޅުވެފައިވެއެވެ.

ގާސިމް އިބްރާހިމްގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ.

އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކުރިމަތި ލައްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside