logoEN
WAMCO TOP 1
ޑްރަގް ޓްރެފިކިންގްގެ މައްސަލައެއްގައި އެލްޗަޕޯގެ އަންހެނުން ހައްޔަރުކޮށްފި

ޑްރަގް ޓްރެފިކިންގްގެ މައްސަލައެއްގައި އެލްޗަޕޯގެ އަންހެނުން ހައްޔަރުކޮށްފި

ގާފު އެޑިޓޯރިއަލް

logo

2/24/2021, 12:39:42 PM

Emma Coronel Aispuro, the wife of Joaquin Guzman, the Mexican drug lord known as "El Chapo", exits the Brooklyn Federal Courthouse in New York

ޑްރަގް ޓްރެފިކިންގްގެ މައްސަލައެއްގައި އެމެރިކާގެ އެއާޕޯޓަކުން އެލްޗަޕޯގެ އަންހެނުން ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

31 އަހަރުގެ އެމާ ކޮރޮނެލް އައިސްޕޫރޯ ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ޑަލަސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ ތުހުމަތުގެ އިތުރުން އެނާގެ ފިރިމީހާ، އެލްޗަޕޯ ފިލުވުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުވެެސް ކޮށްފައެވެ.

މަނީ ލޯންޑްރިންގް އަދި ޑްރަގް ޓްރެފިކިންގް ގެ ކުށް ސާބިތުވެ އުމުރުން 61 އަހަރުގެ އެލްޗަޕޯ މިހާރު ދަނީ ނިއުޔޯކުގެ ޖަލެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މީގެ ކުރިން އެލްޗަޕޯ ވަނީ އެތައް ފަހަރެއްގެ މަތިން ޖަލުން ފިލުމަށް މަސައްކަތް ކޮށްފައެވެ. އަދި އެކަން ކާމިޔާބު ކުރި ނަމަވެސް މާ ގިނަ ދުވަހަކަށް ފިލައިގެން ނޫޅެވުނެވެ.

އޭނާއަކީ ސިނަލޯ ކާޓެލްގެ ކުރީގެ އިސްވެރިޔާއެވެ. އެ ކާޓެލް އަކީ އެމެރިކާގައި އެންމެ ފުޅާ ދާއިރާއެއްގައި ޑްރަގް ޓްރެފިކް ކުރާ ކާޓެލްއެވެ. އޭނާ ވަނީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގަވެސް ހިމެނިފައެވެ.

ކޮމެންޓް
ފަހުގެ
HDC