logoEN
cocacola
ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް އާބަންކޯއިން ބާއްވަނީ

ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް އާބަންކޯއިން ބާއްވަނީ

އަހުމަދު ޝުރާއު

logo

6/5/2023, 6:30:48 PM

Screenshot 2023-06-05 at 18.07.40

ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރިކުރުވުމަށާއި، އެތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ބާއްވަން އާބަންކޯއިން ނިންމައިފި އެވެ.

ގޮސިޔާ

މި ކޯހަކީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އަރބަންކޯއާ ދެމެދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ.

ވިލުނުވެރި ކަނބަލުންގެ ނަމުގައި ކުރިޔަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ލިންކު މެދުވެރިކޮށް ކޯހުގައި ބައިވެރިވެނޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.

އަރބަންކޯ އިން ބުނީ އެ ކުންފުނީހެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕޭންގެ ތެރެއިން ތައާރަފްކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 4 ސެޝަނަކަށް ބަހާލައިގެން ކަމަށެވެ.

ޖުމްލަ އަށް ގަޑި އިރުގެ މި ކޯހުގެ ކޮންމެ ސެޝަންއަކީ ވެސް ދެ ގަޑި އިރެވެ. މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުއެވެ.

އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. އަދި އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ