logoEN
Sto top
ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި

ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި

އަހުމަދު ޝުރާއު

logo

6/4/2023, 4:55:01 PM

file_btzd40

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

Wamco

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ބުދަ ދުވަހުގެ ޖަލްސާ އަށް ވެސް އެޖެންޑާ ކުރި އެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވާން ރިއްފަތު މަޖިލީހަށް ވަޑައިނުގަތުމުން އެ ދުވަހުގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މި މައްސަލައިގަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ރިފްއަތު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރިފްއަތު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ދިފާއު ހުށަހެޅުއްވީ، މައްސަލަ ބިނާކުރާ މައިގަނޑު މައްސަލައަކީ ގިނަ ވާގިއާތަކާއި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށް ވާތީކަމަށެވެ. އެހެންނަމަވެސް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު 31 މެއިގެ ޖަލްސާގައި ދެއްވާފައި ނުވާތީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން، އަނގަބަހުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ހައްގު އިޚުތިޔާރުކުރައްވަން އެދިވަޑައިގަންނަވާކަމަށް ރިފްއަތު ވިދާޅުވިއެވެ.

އެ މައްސަލައިގައި މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިފައިވަނިކޮށް ރިއްފަތު ވަނީ މަޖިލީހަށް ހާޒިރުވެގެން ޖަވާބު ދެއްވާނެ ކަމަށް މިދިޔަ ހަފްތާގައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފަ އެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 50 އަށް ވުރެ ގިނަ ކަމަށްވާއިރު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside