
އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އޭޝިއާގެ ސަލާމަތީ ސަމިޓް ފަށައިފި
Screenshot 2023-06-02 at 19.56.17
އޭޝިއާގެ ސަލާމަތީ ސަމިޓް ފަށައިފި އެވެ.

އޭޝިއާގެ އެންމެ މަތީ ސަލާމަތީ ބައްދަލުވުން ފަށާފައި މިވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެވެ. މި ސަމިޓުގައި އެދެގައުމުގެ ދޭތެރޭގައި އޮތް ނުތަނަވަސްކަމާއި ގުޅޭގޮތުން މި ސަމިޓުގައި ބައިވެރިވި ގައުމުތަކުން މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސް އަސްކަރީ އޮފިސަރުންނާއި ޑިޕްލޮމެޓުންނާއި ހަތިޔާރު އުފައްދާ ފަރާތްތަކާއި ސެކިއުރިޓީ އެނަލިސްޓުން ބައިވެރިވާ ޝަންގްރިއްލާ ޑައިލޮގް ކުރިއަށް ދަނީ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގަ އެވެ.
މި ސަމިޓަކީ އޭޝިޔާގެ އަސްކަރީ ބާރުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ ބައްދަލުވުމެކެވެ. އަދި މި ސަމިޓުގައި އޭޝިޔާގެ އަސްކަރިއްޔާތަށް ވަރުގަދަ ކުރާނެ ގޮތްތަކާއި ގުޅޭގޮތުންނާއި މިހާރު ދިމާވެފައިވާ ނުރައްކާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެ އެވެ.