
ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އައްޑޫއަށް ވަޑައިގަންނަވަނީ
Ibrahim Mohamed Solih (Addu)
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މި ފެށޭ ހަފްތާގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި އައްޑޫސިޓީ މަރަދޫއާއި ހަންކެނޑެ ސަރަހައްދުގެ ބިން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުއާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.