
Biden
އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ ޔޫއެސް އެއާފޯސް އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސްޓޭޖް މައްޗަށް ވެއްޓިއްޖެ އެވެ.

އުމުރުފުޅުން 80 އަހަރުގެ ޖޯއި ބައިޑަން އަކީ އެގައުމުގެ ވެރިކަން ކުރައްވާ އެންމެ ދުވަސްވީ ރައީސެވެ. ބައިޑަން ސްޓޭޖްމައްޗަށް ވެއްޓުނު ނަމަވެސް އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވައެވެ.
ދަސްވެނިވި 921 ކެޑޭޓުންގެ ތެރެއިން ކޮންމެ ކެޑޭޓަކާ ސަލާމް ކުރައްވަން ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން ރައީސް ބައިޑަން ހުންނެވިއެވެ.
މިކަމާއި ގުޅިގެން އެމަނިކުފާނާ އިދިކޮޅު މީހުން ގެންދަނީ، އެމެރިކާގެ ރައީސް ކަމަށް ދެވަނަ ދައުރެއް ދިނުމަށްވުރެ ބައިޑަން މިހާރު މުސްކުޅިވެއްޖެ ކަމަށް ބުނަމުންނެވެ.