
އެއާ ނިއުޒިލޭންޑުން ދަތުރުކުރާ ފަސިންޖަރުންގެ ބަރުދަން ބަލަން ނިންމައިފި
a321neo-air-nz
އެއާ ނިއުޒީލެންޑުން ބައިނަލްއަގުވާމީ ދަތުރުތައް ކުރާ ފަސިންޖަރުންގެ ބަރުދަން ބަލަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނެފައިވާގޮތުގައި އެގޮތަށް ނިންމާފައިވަނީ އެވްރެޖްކޮށް ފަސިންޖަރުންގެ ބަރުދަން ދެނެގަތުމަށް ކުރިއަށް ގެންދާ ސާވޭއެއްގެ ދަށުންނެވެ. ފަސިންޖަރުންގެ ބަރުދަން ޑޭޓާބޭސްއެއްގައި ނަން ހާމަނުކޮށް ރެކޯޑްކުރެވޭއިރު، އެއާލައިންގެ ސްޓާފުންނަށް ނުވަތަ އެހެނިހެން ފަސިންޖަރުންނަށް އެމައުލޫމާތު ނުފެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެއާ ނިއުޒީލެންޑުން ބުނީ ފަސިންޖަރުންގެ އެވަރެޖް ބަރުދަން އެނގުމުން ކުރިއަށް އޮތް ތަނުގައި ފިއުލް އެފިޝިއެންސީ (ތެޔޮ ހަރަދު) ރަނގަޅުވެގެންދާނެ ކަމަށެވެ.
އެ އެއާލައިނުން މިގޮތަށް ނިންމި ނަމަވެސް މިއީ ސާވޭއެއް ކަމުން، މި ސާވޭގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެފުރުސަތު އޮންނާނެކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ. މި އެއާލައިނުން މީގެ ކުރިން 2021ވަނަ އަހަރުވެސް ނިއުޒީލޭންޑުގެ އެތެރޭގެ އުދުހުންތަކުގައިވެސް ފަސިންޖަރުންގެ ބަރުދަން ބަލާފައިވެއެވެ.
ކޯވިޑް-19ގެ ޕެންޑެމިކުގެ ކުރިން، ކޮންމެ އަހަރަކު 17 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން އެއެއާލައިނުން ދަތުރުކުރެއެވެ. އަދި ހަފްތާއެއްގެ މައްޗަށް 3،400 ދަތުރުވެސް ކުރެއެވެ. އެއާ ނިއުޒިލޭންޑަކީ އެ ގައުމުގެ ގައުމީ އެއާލައިން އެވެ. އެ އެއާލައިނުގައި 104 މަތިންދާ ބޯޓު ބޭނުންކުރެއެވެ.