![މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F05%2Fbig_jlB0Kn8XBOKnjI1PjAbptX0tz.jpg&w=3840&q=75)
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
Member Zareer
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މެމްބަރު ޒަރީރަށް ގުރޫޕަކުން ހަމަލާދީފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ކެފޭއެއްގެ ތެރޭއިންނެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައެވެ. އެއީ މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ދެ މީހަކާއި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހައްޔަރުކުރި މީހެކެވެ.
މިމީހުންގެ ތެރެއިން ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހައްޔަރު ކުރި ދެމީހުންނަށެވެ. އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.
މި މައްސަލައިގައި ފަހުން ހައްޔަރުކޮށްފައިވަނީ އެމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ މީހަކު، މިދިޔަ އަންގާރަދުވަހު ފުލުހުންނާއި އަމިއްލައަށް ހަވާލުވުމުންނެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ އެ ދުވަހު 30 ދުވަހުގެ މުއްދަތެއް ދީފައެވެ.