![އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް - އިމްރާން](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F05%2FFwtVOMVacAAE_U7.jpg&w=3840&q=75)
އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް - އިމްރާން
Imran Abdulla
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވައިގެން ދަނިކޮށް، ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ތަހުގީގުން ހާމަވާ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން މިނިސްޓަރ ފިރުޝާން ވަނީ، އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދި ފަހުން އާއިލާއަށް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި މިހަފްތާގެ ބުރާސްފަތި ދުވަހަށް އެ މަރަށް ހަމަސް ފުރޭއިރު ތަހުގީގުން ކުރެވިފައިވަނީ ކޮންކަމެއްތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
އެސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިމައްސަލައިގައި ޔަގީން ކުރަން ބޭނުންވީ އޭނާ މަރުވުމުގައި ފުލުހުންގެ ސީދާ އަމަލެއް އޮތްތޯ ކަމަށާއި، ފުލުހުންގެ ސީދާ އަނިޔާއެއް ނުވަތަ ގަސްދުގައި އިހުމާލެއް އޮވެގެން އޭނާ މަރުވިކަަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ދައްކާ ވާހަކައަށް ބިނާކޮށް ކަމެއް ނުނިންމޭނެ ކަމަށާއި ފުލުހުންގެ ތަހުގީގުން ސާބިތުނުވާ ކަމަކަށް ފިޔަވަޅެއްވެސް ނޭޅޭނެ ކަމަށެވެ.
ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާކަމަށް އެވަގުތު އެތަނުގައި ތިބި މީހުން ބުނެއެވެ.
އެމައްސަލަ ބޮޑުވެ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައްސަލަ ތަހުގީގު ކުރަން ފެށިއެވެ. އަދި އެ ތަހުގީގުގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އާއިލާގެ ނުރުހުމުގައެވެ