
ކާމިލް ދީދީ ޕްރީ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި
4519
ކާމިލް ދީދީ ޕްރީ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި ކާމިލް ދީދީ ޕްރީސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 259 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތަކީ ކަނޑު ދަތުރުފަތުރާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރާތެކެވެ.
މި ޒިޔާރާތުގައި ދަރިވަރުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި އިކުއިޕްމެންޓްތައް ވަނީ ދައްކާލާފައެވެ. މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި ބޭނުންކުރާ ނެވިގޭޝަނަލް އެއިޑްސްގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، ކާމިލް ދީދީ ޕްރީސްކޫލު ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.