
img_md_202011270916291606493789.1449
ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އަދި އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެވެ.
މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 59 ވަނަ މީހާ އެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 18،467 އަށް އަރާފައިވާ އިރު މިވަގުތު 2،446 މީހަކަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 159 މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި އާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާދެމުންނެވެ.